"މި ވަގުތު އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން ޖެހޭ"

ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފައިސާ ޗާޕު ކުރެވިދާނެ އެވެ. އެކަމަކު އެއީ ޒިންމާދާރު، އިހުލާސްތެރި ވެރިން ކުރައްވާ ކަހަލަ ކަންކަން ނޫން ކަމަށް އާރިފު ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވާހަކަފުޅު ދައްކަވަނީ

ރައްޔިތުން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް މި ވަގުތު "ތިރި" ވެލަންޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅު ވެއްޖެ އެވެ.

ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި އަލީ އާރިފު ވާހަކަފުޅު ދެއްކެވި އެވެ. މިއީ ފަހަކަށް އައިސް އެފަދަ ޕޯޑިއަމަކުން އަލީ އާރިފު ފެނުނު ފުރަތަމަ ފަހަރެވެ. ރޭ ވާހަކަފުޅު ދައްކަމުން އޭނާ ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ރައްކާތެރިކުރުމަށްޓަކާ ވެސް އެކަން ކުރަން ޖެހޭ ކަމަށެވެ.

އަދި ވިދާޅުވި އެވެ: "ބައްޔެއް ވުމުން އެ ބައްޔަށް ޝިފާ އޮތީ ހިތި ބޭހެއް ބޮއެގެން ކަމަށްވާނަމަ އެ ބޭސް ބޯންޖެހޭ،" 

އަދި އިތުރަށް އޭނާ ވިދާޅުވި އެވެ. "މި ދުވަސްކޮޅު [ރައްޔިތުން] މި ޖެހެނީ އެއްކަލަ އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއި ކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަކަށް ގޭތެރޭގައި އަމިއްލައަށް ގަރުދިޔަ އާއި ބަތާއި ކައްކައިގެން ކާލައިގެން، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން،" 
 
ރާއްޖެއަށް ދިމާވެފައި ވަނީ ދަތި ދުވަސްކޮޅެއް ނަމަވެސް ދިވެހި ރާއްޖެ ބަނގުރޫޓެއް ނުވާ ކަމަށާއި ކުރިމަގު އޮތީ އުޖާލާކޮށް ކަން ފާހަގަ ކުރައްވާ އަލީ އާރިފް ވިދާޅުވީ އެ ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފައިސާ ޗާޕު ކުރެވިދާނެ ކަމަށެވެ. އެކަމަކު އެއީ ޒިންމާދާރު، އިހުލާސްތެރި ވެރިން ކުރައްވާ ކަހަލަ ކަންކަން ނޫން ކަމަށެވެ.  

ކޮމެންޓް

1
450
ސާދިޔާ
1 month ago

ކިހާ ބޮޑުކަމެއް އަލީ އާރިފް ތިއުޅޭ މުއްސަނދި ދިރި އުޅުން ދޫކޮއް އާދައިގެ ދިރިއުޅުމައް ތިރިވެލަން ވީނު ފުރަތިމަ. ސަރިކާރައް ލިބޭހާ ލާރިއެއް ބަނޑު އަޅައިގެން އުޅެނީ ކަލޭމެނޭ. ސަރުކާރު ލޫޓުވާ ތިލަނީ ކަލޭމެނޭ. އަހަރެމެން ރަތްޔިތުން މި އުޅެނީ ހަމަ އާދައިގެ ދިރިއުޅުމެއް. އަހަރެމެން ގެ މުސާރަ އަކީވެސް 12000/- 3 ދަރިން ގޮވަިގެން އުޅޭ އިރު ކުލި ދައްކާފަ ދެން ހުންނަ ބިލް ތައް ދައްކާފަ ނޯވޭ ރެސްޓޯރެންޓަކުން ކީއްކުރަން ކަޑައަކައް ވަދެ ހެދިކާ އެއް ވެސް ގަނެލެވެން. އެކަމު ތިބޭ ފުޅާ މިރޭ ކާނީ ސިންގަޕޫރުގެ މި ވެނި ރެސްޓޯރެނޓް އަކުންނޭ ހިތައް އެރީ އެވީ ފުރަން. އަހަރެމން އާދައިގެ ދިރިއުޅުން މި ގޮތައްވެސް އުޅުނަދީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.