ޝަރީފް ނިޔާވީ އިބްރާހިމް މިސްކިތް އަލުން ބިނާކުރަން ނިންމާފައި ވަނިކޮށް

އަމިއްލަފުޅު ހަރަދުގައި އިބްރާހިމް މިސްކިތް އަލުން ބޮޑުކޮށްފައި ގުއްބުލާ ހަދަން ޕްރޮޕޯސަލް ލުމުން ހުއްދަ އޮތީ ދީފަ އެވެ.

ޝަރީފް، މިނިސްޓްރީއަށް ވަޑައިގެން އާ މިސްކިތުގެ ކުރެހުން ދައްކާލަނީ

ވިޔަފާރިވެރިޔާ ހުސައިން ޝަރީފް (ބޮލިފުށީ ޝަރީފް) ނިޔާވީ އަމިއްލަ ހަރަދުގައި އިބްރާހިމް މިސްކިތް އަލުން ބިނާ ކުރަން ހުށައަޅުއްވާ އެ ހުއްދަ މިނިސްޓްރީން ދީފައި ވަނިކޮށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ސޯސަންމަގުގައި ހުންނަ އިބްރާހިމް މިސްކިތް ބިނާ ކުރީ ޝަރީފްގެ ހަރަދުގަ އެވެ. 

ޝަރީފްގެ ބޮލިފުށީ ގައި ހުންނަވަނިކޮށް ވެއްޓި މާލެ ގެނެސް ފަރުވާ ދެނިކޮށް ކުއްލި ގޮތަކަށް ވަނީ ނިންމާފަ އެވެ. 

ޝަރީފް ނިޔާވުމާއި ގުޅިގެން ހިތާމަފާޅު ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ މީގެ ދެ މަހެއްހާ ދުވަސް ކުރީން ޝަރީފް، މިނިސްޓްރީއަށް ވަޑައިގެން އޭނާއާ ބައްދަލު ކުރެއްވި ކަމަށެވެ.

އަދި އަމިއްލަފުޅު ހަރަދުގައި އިބްރާހިމް މިސްކިތް އަލުން ބޮޑުކޮށްފައި ގުއްބުލާ ހަދަން ޕްރޮޕޯސަލް ލެއްވި ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އެއަށް ރުހުން ވެސް ދީފަ. އަދި އެ ދުވަހު އަަޅުގަނޑު ދެންނެވިން އަަޅުގަނޑުމެނަށް އިތުރު މިސްކިތެއް އަޅަން ބޭނުންވޭ. މިސްކިތް ބޭނުންވާ ބައެއް ރަށްރަށް އެބަހުއްޓޭ،"

ޝަރީފް، މިނިސްޓަރު ޝަހީމާ އެކު

ޝަހީމް ވިދާޅުވީ އެ ހުށައެޅުމާއެކު އެކަމަށް ބޭނުންވަނީ ކިހ ފައިސާއެއްތޯ އައްސަވާ އެ އަދަދު ދެންނެވުމުން ވަގުތުން ވަގުތަށް އެކަން ހަމަޖައްސަވައި ދެއްވާނެ ކަމަަށް ވިދާޅުވި ކަމަަށެވެ.

"އެ ދުވަހު އަަޅުގަނޑު ހިތަށް އެރި ރާއްޖޭގައި ހާދަ ލީދަތި މީހުން އުޅޭ. ޝަރީފަކީ ހާދަ ލީދަތި ބޭފުޅެކޭ،" ޝަރީފާ ބައްދަލުވީ ފުރަތަމަ ފަހަރުގެ ތަޖުރިބާ ހިއްސާ ކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ޝަރީފް އިސްލާމިކް މިނިސްޓްރީ ގައި

ޝަރީފް ނިޔާވީ އުމުރުން 64 އަހަރުގަ އެވެ.

ކަށުނަމާދު އޮތީ މާދަމާ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. މޫނު ދެއްކުން ވެސް އޮތީ މަރުކަޒު ގަ އެވެ. ވަޅުލަން ހަމަޖެހިފައި ވަނީ ގަލޮޅު ސަހަރާގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.