ނޭޕާލުގެ އެންމެ ބޮޑު ކޮމިއުނިސްޓު ޕާޓީގެ ލީޑަރު ބޮޑުވަޒީރުކަމަށް

ނޭޕާލުގެ ރައީސްގެ އޮފީހުން އާދީއްތަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުފުޅުން 72 އަހަރުގެ އޯލީ މަގާމުގެ ހުވައިކުރައްވާނީ ހޯމަ ދުވަހު ކަމަށެވެ. މިއީ އޯލީއަށް ނޭޕާލުގެ ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ހަތަރުވަނަ ފަހަރެވެ.

އައު ސިޔާސީ އިއްތިހާދުގެ ތެރެއިން އޯލީ ބޮޑުވަޒީރުކަމަށް ވަޑައިގެންފައިވާއިރު މިއީ އެ މަގާމަށް އޭނާ ވަޑައިގެންނެވި ހަތަރުވަނަ ފަހަރު، ފޮޓޯ: ރޮއިޓާސް ޏެ

ނޭޕާލުގެ އެންމެ ބޮޑު ކޮމިއުނިސްޓު ޕާޓީގެ ލީޑަރު ޚަދްގާ ޕްރަސާދް ޝަރްމާ އޯލީ އެ ގައުމުގެ ބޮޑުވަޒީރުކަމަށް އިންތިހާބުކޮށްފި އެވެ. 

ބޮޑުވަޒީރުކަމަށް އޯލީ އިންތިހާބުވެވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި ޕުޝްޕާ ކަމާލް ދަހާލްގެ އިތުބާރުނެތްކަމަށް ފާސްކޮށް އޭނާ މަގާމުން ވަކިކުރުމާ ގުޅިގެން މުޅިން އައު ސިޔާސީ އިއްތިހާދެއް އުފެއްދެވެމުންނެވެ. 

ނޭޕާލުގެ ރައީސްގެ އޮފީހުން އާދީއްތަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުފުޅުން 72 އަހަރުގެ އޯލީ މަގާމުގެ ހުވައިކުރައްވާނީ ހޯމަ ދުވަހު ކަމަށެވެ. މިއީ އޯލީއަށް ނޭޕާލުގެ ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ހަތަރުވަނަ ފަހަރެވެ. 

ހުކުރުދުވަހު ދަހާލްގެ ސަރުކާރު ވެއްޓުނީ އޯލީގެ ޕާޓީ ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް ޔުނިފައިޑް މާކްސިސްޓް ލެނިނިސްޓް ޕާޓީއާއި އެގައުމުގެ މެދުމިން ވާތުފިޔައިގެ ޕާޓީ ނޭޕާލީ ކޮންގުރެސް ޕާޓީ ގުޅިގެން އައު އިއްތިހާދެއް އުފެއްދުމާ ގުޅިގެންނެވެ. 

އޯލީ ބޮޑުވަޒީރުކަމަށް ހަމަޖެހުނު ނަމަވެސް ފުރަތަމަ އޭނާއަށް ކުރިމަތިވެވަޑައިގަންނަވާނެ ގޮންޖެހުމަކީ ބަރުލަމާނުގައި ނަގާ އިތުރުބާރު އޮތްތޯ ބެލުމުގެ ވޯޓެވެ. އިއްތިހާދުގައި ހިމެނޭ ދެ ޕާޓީއަށް މިވަގުތު މަޖިލީހުން އިތުބާރު އޮތްކަމަށް ފާސްކުރަން ބޭނުންވާ ދެބައިކުޅަ އެއްބައި އަޣުލަބިއްޔަތު ލިބެ އެވެ. 

އަލަށް އުފެއްދި އިއްތިހާދުން އެއްބަސްވެފައިވަނީ 2027 ވަނަ އަހަރު ބާއްވާ އާންމު އިންތިހާބާ ޖެހެންދެން އޯލީއާއި ނޭޕާލީ ކޮންގުރެސް ޕާޓީގެ ރައީށް ޝާ ބަހާދުރް ޑިއުބާ ބައްސަވައިގެން ބޮޑުވަޒީރުގެ މަގާމު ފުރުއްވުމަށެވެ. 

ރަސްކަމާ ދެކޮޅު ހަރަކާތުގެ ތެރެއިން ފުރާވަރުގައި ސިޔާސީ ދާއިރާއާ ގުޅިވަޑައިގެންނެވި އޯލީވަނީ ޖަލުގައި 14 އަހަރު ހޭދަކުރައްވާފަ އެވެ. އޭނާ ކޮމިއުނިސްޓު ޕާޓީއާ ގުޅިވަޑައިގަތީ ޖަލުން މިނިވަންވެ ވަޑައިގެން 1987 ވަނަ އަހަރު އެވެ. 

މީގެ ކުރިން 2015 ވަނަ އަހަރާއި 2018 ވަނަ އަހަރު އަދި 2021 ވަނަ އަހަރު އޯލީވަނީ ނޭޕާލުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންފަ އެވެ. 2021 ވަނ އަހަރު އޭނާ އެ މަގާމުގައި ހޭދަކުރެއްވީ ވަރަށް ކުރު މުހުލަތެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.