ޑިމޮކްރެޓާއި އެމްއެންޕީ އަދި އެމްޓީޑީ، ބައިލައްކައިން ޖޫރިމަނާ ކޮށްފި

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ޕާޓީތައް ޖޫރިމަނާ ކޮށްފައި ވަނީ ގާނޫނާއި އެއްގޮތަށް އޮޑިޓް ރިޕޯޓް ހުށައަޅާފައި ނުވާތީ ކަމަށެވެ.

ރައީސް ނަޝީދު، އަހްމަދު އަދީބު، ކާނަލް ނާޒިމް: މި ތިން ބޭފުޅުން ނިސްބަތްވާ ޕާޓީތައް ވަނީ ޖޫރިމަނާ ކޮށްފައި

ތިން ސިޔާސީ ޕާޓީއެއް ބައި ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

ޖޫރިމަނާ ކޮށްފައި ވަނީ ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީއާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ޕާޓީތައް ޖޫރިމަނާ ކޮށްފައި ވަނީ ގާނޫނާއި އެއްގޮތަށް އޮޑިޓް ރިޕޯޓް ހުށައަޅާފައި ނުވާތީ ކަމަށެވެ. މިއިން ކޮންމެ ޕާޓީއެއް 50،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ރައީސް ނަޝީދުގެ ޑިމޮކްރެެޓްސްއާ ކާނަލް ނާޒިމްގެ އެމްއެންޕީ އަދި އަދީބުގެ ތާޑްވޭ ޑިމޮކްރެޓްސްގެ ހަރަކާތްތައް މިވަގުތު އޮތީ ހުއްޓިފަ އެވެ. ޑިމޮކްރެޓްސްގެ އަހަރީ ދުވަހާ ދިމާކޮށް އިއްޔެ ފުވައްމުލަކު ސިޓީގައި ހަރަކާތެއް އޮތަސް އިންތިހާބަށް ފަހު އެ ޕާޓީގެ ހަރަކާތްތައް އޮތީ މަޑުޖެހިފަ އެވެ. ނާޒިމްގެ އެމްއެންޕީ އަކީ ސަރުކާރުގެ ބައިވެރި އެކެވެ. ސަރުކާރުގެ ގިނަ ހަރަކާތްތަކުގައި ނާޒިމް ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެމްއެންޕީގެ ސިޔާސީ ހަރަކާތްތައް އޮތީ މަޑުޖެހިފަ އެވެ.

މިވަގުތު ރާއްޖެއިން ބޭރުގައި އުޅުއްވާ އަހްމަދު އަދީބުގެ ތާޑްވޭގެ ހަރަކާތެއް ނެތްތާ ވަރަށް ދުވަސް ވެއްޖެ އެވެ.

މި ތިން ޕާޓީ ބޮޑު އަަދަދަކުން ޖޫރިމަނާކުރިއިރު މިއީ 10،000 މެންބަރުން ހަމަނުވާތީ ދައުލަތުގެ ބަޖެޓުން ފައިސާ ވެސް ލިބޭ ޕާޓީތަކެއް ނޫނެވެ. ތާޑްވޭ ގައި ތިބީ 2388 މެންބަރުންނެވެ. މިއީ ސިޔާސީ ޕާޓީއެއްގައި ހިމެނޭން ޖެހޭ މެންބަރުންގެ އެންމެ ދަށް އަދަދަށް ވުރެ ވެސް މަދު އަދަދެކެވެ.

އެމްއެންޕީގައި 7656 މެންބަރުން އެބަ ތިއްބެވެ. ޑިމޮކްރެޓްސް ގައި ހިމެނެނީ 4364 މެންބަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.