އައިޕީޔޫ ރާއްޖޭގެ ގޮފީގެ އެގްޒެކްޓިވް ކޮމެޓީ އިންތިހާބު ކޮށްފި

މި ކޮމެޓީގައި އަބްދުއްރަހީމާއި ނާޒިމް ހިމެނިވަޑައިގަންނަވަނީ މަގާމުގެ ހައިސިއްޔަތުންނެވެ. ކޮމެޓީގެ ޗެއާމަން އަކީ އަބްދުއްރަހީމެވެ. ނާއިބަކީ ނާޒިމެވެ.

އައިޕީޔޫ ރާއްޖޭގެ ގޮފީގެ އެގްޒެކްޓިވް ކޮމެޓީ

އިންޓާ ޕާލަމިންޓަރީ ޔޫނިއަން (އައިޕީޔޫ) ރާއްޖޭގެ ގޮފީގެ އެގްޒެކްޓިވް ކޮމެޓީ އިންތިހާބު ކޮށްފި އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އަށް މެންބަރުންނެވެ. ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނާއިބު ރައީސް އަހްމަދު ނާޒިމް އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.

މި ކޮމެޓީގައި އަބްދުއްރަހީމާއި ނާޒިމް ހިމެނިވަޑައިގަންނަވަނީ މަގާމުގެ ހައިސިއްޔަތުންނެވެ. ކޮމެޓީގެ ޗެއާމަން އަކީ އަބްދުއްރަހީމެވެ. ނާއިބަކީ ނާޒިމެވެ. މިއަދު އިންތިހާބު ކުރި ބޭފުޅުންގެ ތެރެއިން މެންބަރު އިމްރާން އިންތިހާބު ކުރީ ހަޒާންދާރުގެ މަގާމަށެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކޮމެޓީގެ މެންބަރުންނެވެ.

އައިޕީޔޫ އަކީ މިނިވަން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގްވާމީ ޖަމިއްޔާ އެކެވެ. 180 މެންބަރު ގައުމު ހިމެނޭ މި ޖަމިއްޔާ އަކީ 1889 ވަނަ އަހަރު އުފެދުނު ޖަމިއްޔާ އެކެވެ.

މި ޖަމިއްޔާ ގައި 15 އެސޯސިއޭޓް މެންބަރުންނާއި 70 ޕާލިމަންޓް އޮބްޒާވަރުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.