ޓްރަމްޕަށް ދިން ހަމަލާ: ކޮންގުރެސްގެ ތަހުގީގެއް ފަށަނީ

އެ ތަހުގީގަށް ސީކްރެޓް ސާވިސްގެ ޑިރެކްޓާ ކިމްބާލީ ޗީޓްލްއާއި އެފްބީއައިގެ މަސްއޫލުވެރިންނާއި ޑިޕާޓުމެންޓު އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އިސްވެރިން ހާޒިރު ކުރާނެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓުރަމްޕަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ހާއްސަ ތަހުގީގެއް ފަށާނެކަން އިއުލާނުކޮށްފި އެވެ. 

ޕެންސިލްވޭނިއާގެ ބަޓްލާ ކައުންޓީގައި އޮތް އެއްވުމެއްގެ ތެރެއިން ޓްރަމްޕަށް އަމާޒުކޮށް ބަޑިން ދިން ހަމަލާގައި އޭނާގެ ކަންފަތްޕުޅަށް ވަޒަން އަރައި ޒަހަމްވެވަޑައިގެންފައިވެ އެވެ. ބަޑިން ހަމަލާދިން އަޑުއިވުމާއެކު ސީކްރެޓް ސާވިސްގެ ހަށިފާރަވެރިންވަނީ ސްޓޭޖުން ޓްރަމްޕު ބާލައިގެން އެ ސަރަހައްދުން ގެންގޮސްފަަ އެވެ. 

ޓްރަމްޕުގެ ކެމްޕެއިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި ކުއްލި ފަރުވާއަށްފަހު ހޮސްޕިޓަލުން އޭނާ ވީއްލާފައިވާކަމަށްވެސް އެ ބަަޔާނުގައި ބުނެފައިވެ އެވެ. 

ހަމަލާދިނީ 20 އަހަރުގެ ޒުވާނެއް

ސީކްރެޓް ސާވިސަސްއިންވަނީ ޓްރަމްޕުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅާފަަ އެވެ. ސީކްރެޓް ސާވިސްއިން ކަށަވަރުކޮށްދިން ގޮތުގައި ރައީސް ޓްރަމްޕަށް އަމާޒުކޮށް ހަމަލާދިން މީހާވަނީ މަރާލާފަ އެވެ. 

އެ ހަމަލާގެ ތަހުގީގު ހިންގުމާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ހަވާލުވެ، މިހާތަނަށް ހަމަލާދިން މީހަކީ ކާކުކަން ދެނެގަނެފައިވެ އެވެ. ސީއެންއެންއިން ނަން ހާމަނުކުރުން ޝަރުތުކޮށް މަައުލޫމާތު ދިން މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ ޓުރަމްޕަށް ހަމަލާދިނީ ޕެންސިލްވޭނިއާއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ޒުވާނެއް ކަމަށެވެ. 

ބައިޑަން ޓްރަމްޕާ ވާހަކަ ދައްކަަވަައިފި

ހަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ޓުރަމްޕަށް ފޯނު ކުރައްވައި، ހާލުކޮޅު ބެއްލެވިކަމަށް ވަައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވެ އެވެ. 

އޭގެ ކުރިން ބައިޑަންވަނީ ކުއްލި ނޫސްކޮންފަރެންސެއް ބާއްވަވައި މިފަދަ ހަމަލާތަކަށް އެމެރިކާގައި ޖާގައެއް ނޯންނާނެކަމަށް ވިދާޅުވެފަ އެވެ. 

ބައިޑަންގެ ކެމްޕެއިނުން ބުނެފައިވަނީ ސިޔާސީ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސަވައިލެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމށެވެ. އަދި މިހާރު ޓީވީތަކުން ދައްކަމުންދާ ކެމްޕެއިން އިޝްތިހާރުތައް ދެއްކުން ހުއްޓައިލާނެ ކަމަށެވެ. 

ގާނޫނު ހަދާ މަޖިލީހުގެ ތަހުގީގެއް

މި ހަމަލާއާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސްކަމަށްވާ ކޮންގުރެސްގެ ތިރިގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއިން ހާއްސަ ތަހުގީގެއް ވަރަށް އަވަހަށް ފަށާނެކަން ހައުސްގެ ރައީސް މައިކް ޖޯންސަން އިއުލާނު ކުރައްވާފައިވެ އެވެ. 

އޭނާ ވިދާޅުވީ އެ ތަހުގީގަށް ސީކްރެޓް ސާވިސްގެ ޑިރެކްޓާ ކިމްބާލީ ޗީޓްލްއާއި އެފްބީއައިގެ މަސްއޫލުވެރިންނާއި ޑިޕާޓުމެންޓު އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އިސްވެރިން ހާޒިރު ކުރާނެ ކަމަށެވެ. 

ގާނޫނު ހަދާ މަޖިލީހުން މި ހަމަލާއާ ގުޅޭ ތަހުގީގެއް ހިންގާނެކަން އިއުލާނު ކޮށްފައިވާއިރު ހަމަލާދިން މީހާއަށް ޓްރަމްޕު ހުންނެވި ސްޓޭޖާ އެހައި ކައިރިވެވުނު ގޮތާމެދު ގިނަ ބަޔަކު ސުވާލު އުފައްދައި ސަލާމަތީ ހިދުމަތްތަކަށް ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ. 

ދުނިޔޭގެ ލީޑަރުންގެ ބަސް

މި ހަމަލާއާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވީ ޑިމޮކްރަސީއާ ދެކޮޅަށް ހިންގޭ ހުރިހާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މުޅި ދުނިޔެ ތެދުވާން ޖެހޭ ކަމަށެވެ. އަދި ރައީސް ޓްރަމްޕަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަން ކިޝިޑާ ހާމަ ކުރެއްވި އެވެ.

އިސްރާއީލުގެ ހާރިޖީވަޒީރު އިސްރައިލް ކަޓްޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ކަންކަމުގައި އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ޖަވާބަކަށް ނުވާނެ ކަމަށެވެ. 

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯބަންވެސްވަން ޓްރަމްޕަށް ދިން ހަމަލާ ކުށްވެރި ކުރައްވައި އޭނާގެ ހެޔޮ ދުއާތައްވަނީ ޓްރަމްޕާއެކު ކަމަށް ވިދާޅުވެފަ އެވެ. ވޮޝިންޓަނުގައި އޮތް ނޭޓޯގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ބުރާސްފަތި ދުވަހު އޯބަންވަނީ ފްލޮރިޑާއަށް ވަޑައިގެން ޓްރަމްޕާ ބައްދަލު ކުރައްވާފަ އެވެ. 

ޓްރަމްޕުގެ ކެމްޕެއިނުން ބުނެފައިވަނީ މިލްވޯކީގައި އޮންނަ ރިޕަބްލިކަން ޕާޓީގެ ކޮންގުރެސްގައި ޓްރަމްޕު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ޕާޓީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން އެމެރިކާ އަނބުރާ ވަރުގަދަ ގައުމަކަށް ހެއްދެވުމަށް ގެންގުޅުއްވާ ތަސައްވުރު ޓްރަމްޕު ހާމަަކުރައްވަމުން ގެންދަވާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.