"މިއީ ބަދަލު ގެންނަންވީ ވަގުތު، ޑިމޮކްރެޓްސް ބައިވެރިވާނެ"

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރަނީ ވެރިކަން ހިންގާ ކޮންގްރެސް ޕާޓީންނެވެ. ކޮންގްރެސް އަށް ސުޕަ މެޖޯރިޓީއެއް އެބައޮތެވެ. އެކަމަކު މިހާރު ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސްގެ އެއްވެސް ދައުރެއް ނެތެވެ.

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު: ބަދަލުތައް ގެނައުމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވި

ބަދަލުތަކަށްޓަކައި ގާނޫނު އަސާސީ ބަދަލު ކުރަންޖެހޭ ވަގުތު އައިސްފައިވާ ކަމަށާއި މި ހިނގަނީ އެ ވަގުތު ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅު ވެއްޖެ އެވެ.

އިދިކޮޅު އެ ޕާޓީން ރޭ ފުވައްމުލަކުގައި ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަމުން ހަސަން ލަތީފު ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ފަހު ގާނޫނު އަސާސީ ބަދަލު ކުރަންޖެހޭ ކަމަށާއި އެ ބަދަލުތައް ގާނޫނު އަސާސީއަށް އަވަހަށް ގެނައުން ރާއްޖެއަށް މިވަގުތު ވަރަށް ބޭނުންތެރިވެފައިވާ ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ރާއްޖެ ފަދަ ގައުމަކަށް ސަރުކާރެއް ހިންގަން އެންމެ ރަނގަޅީ ކޮން ނިޒާމެއްތޯ އާއި އިންތިހާބުތައް އެއްކޮށްލުމުން ވާނެ ގޮތުގެ މަޝްވަރާތައް ފަށަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ކުރީން ބޭއްވި އިންތިހާބުތަކުގެ ނަތީޖާތަކަށް ބަލާއިރު ދައުލަތުގެ ނިޒާމު ބަދަލު ކުރަން ފެންނަ ކަމަށް ރައްޔިތުން ބުނާ ކަމަށާއި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

ހަސަން ލަތީފު އެހެން ވިދާޅުވި އިރު ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ. 

ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި ޑިމޮކްރެޓުން ފުރިހަމައަށް ބައިވެރިވާން ބޭނުންވެ އެވެ. އަދި އެ ފުރުސަތަށް ރައީސް މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވާނެ އެވެ.

މި ވަގުތު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރަނީ ވެރިކަން ހިންގާ ކޮންގްރެސް ޕާޓީންނެވެ. ކޮންގްރެސް އަށް ސުޕަ މެޖޯރިޓީއެއް އެބައޮތެވެ. އެކަމަކު މިހާރު ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސްގެ އެއްވެސް ދައުރެއް ނެތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.