ސިހުރު ހެދުމުގެ ތުހުމަތުވާ ޝަމްނާޒާއި އޭނާގެ ކޮއްކޮ ދޫކޮށްލައިފި

ރައީސަށާއި އާއިލާއަށް ސިހުރު ހެދިކަމަށް ތުހުމަތުވާ ޝަމްނާޒާއި އޭނާގެ ކޮއްކޮ ފުލުހުން ދޫކޮށްލައިފި އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް

ސިހުރު ހެދުމުގެ މައްސަލައެއްގެ ތުހުމަތުގައި ޖޫން މަހު ހައްޔަރުކުރީ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަަތު ޝަމްނާޒު އަލީ ސަލީމާއި އޭނާގެ ކޮއްކޮ ބަންދުން ދޫކޮށްލައިފި އެވެ. 

ޝަމްނާޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފާއިތުވި ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. އެ މައްސަލާގައި ހައްޔަރުކުރީ ޝަމްނާޒުގެ އިތުރަށް އޭނަގެ ކޮއްކޮ ހައްވާ ސަނާ ސަލީމާއި، މުލިއާގޭގެ ކައްކާއެއްގެ ގޮތުގައި އުޅުނު ތ.ކިނބިދޫ، ނިވައިދޮށުގޭ ހުސައިން ސަމީރެވެ. 

އެ ތިން މީހުންގެ ތެރެއިން ސަމީރު ޖުލައި މަހުގެ އެއްވަނަ ދުވަހުގައި ބަންދުން ދޫކޮށްލި އެވެ. ނަމަވެސް ޝަމްނާޒާއި ސަނާގެ ބަންދަށް އެއިރު މުއްދަތު އިތުރުކުރި އެވެ. 

މިއަދު ފުލުހުން ބުނީ 23 ޖޫންގައި ފުލުހުން ބަލަަމުންދާ މައްސަަލައަކާ ގުޅިގެން ހައްޔަރުކުރި އުމުރުން 40 އަހަރުގެ އަންހެން މީހާއާއި 26 އަހަރުގެ އަންހެންމީހާ މިއަދު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ދޫކޮށްލީ ބަންދުގައި އިތުރަށް ބަައިތިއްބަަން ނުފެންނާަތީ ކަމަށް ފުލުހުން ބުންޏެވެ. 

ޝަމްނާޒުގެ ވަކީލު ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އޭނާ ބަންދުގައި ބަހައްޓައިގެން އުޅެނީ އޭނާގެ ކުރީގެ ފިރިކަލުން ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒާ ދެކޮޅަށް ހެކިބަސް ނެގުމަށެވެ. އެކަމަށް ފުލުހުން އެދުނުކަމަށް ވަކީލު ކުރެއްވި ތުހުމަތު ފުލުހުން ދޮގުކުރެ އެވެ. 

ޝަމްނާޒު އަދި އޭނާގެ ކޮއްކޮ ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އާއިލާއާ ދެކޮޅަށް ސިހުރު ހެދުމުގެ ތުހުމަތުގައިކަން ފުލުހުން ކަށަވަރުކޮށްދީފައިވެ އެވެ. ނަމަވެސް އެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ ރައީސާއި އެމަނިކުފާނުގެ އާއިލާއިން ނޫންކަމަށް ފުލުހުން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.