ޣައްޒާގެ ކުޑަކުދިންނަށް ޖަރުމަނުގައި ފަރުވާދޭން ހުރަސްއަޅަނީ

މި ޕްރޮގުރާމުގެ ދަށުން ފަރުވާއަށް ޖަަރުމަަނަށް ގެންނަ ކޮންމެ ކުއްޖަކާއެކު އެހީތެރިއެއްގެ ގޮތުގައި ބޮޑު މީހަކު އަންނަން އޮންނައިރު އެފަދައިން ބޮޑުމީހުންނަށް އައުމަށް ހުއްދަ ދޭން ޖަރުމަނު ސަރުކާރުން ދެކޮޅުހަދާފައިވެ އެވެ.

ޣައްޒާގައި ހަނގުރާމައިގެ އެންމެ ބޮޑު އަނިޔާއެއް ތަހައްމަލުކުރަނީ ކުޑަކުދިން، ފޮޓޯ: ރޮއިޓާސް

ޣައްޒާގައި ހަނގުރާމައިގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބިފައިވާ ކުޑަކުދިންނަށް ޖަރުމަަންވިލާތުގައި ފަރުވާ ފޯރުކޮށްދިނުމަށް އެ ގައުމުގެ ސަރުކާރުން ހުރަސްއަޅަމުންދާކަމަށް ޖަރުމަނުގެ އެހީ ޖަމްއިއްޔާތަކުން ބުނެފި އެވެ.

ޣައްޒާގެ ކުޑަކުދިންނަށް ހިލޭ ޖަރުމަަންވިލާތުގައި ބޭސްފަަރުވާ ފޯރުކޮށްދޭން އެ ގައުމުގެ 40 ސިއްހީ ފެސިލިޓީއަކުން އެއްބަސްވެފައިވީ ނަމަވެސް ސަލާމަތީ ސަބަބުތަކާހުރެ ކަމަށް ބުނެ ޖަރުމަން ފޮރިން މިނިސްޓްރީންނާއި ދާހިލީ ސަލާމަތާ ބެހޭ މިނިސްޓްރީން އެކަމަށް ހުރަސްއަޅާފައިވާކަމަށް އޭއާރްޑީ ރޭޑިއޯއިން ރިޕޯޓުކޮށްފައިވެ އެވެ. 

ކޮލޯންގައި ހުންނަ ރެފިއުޖީ ފައުންޑޭޗަނާއި އިތުރު ބައެއް އެންޖީއޯތަކާއި ޖާމަން ސޮސައިޓީ ފޯ ޕްލާސްޓިކް ސާޖަަރީ ގުޅިގެން ޣައްޒާގެ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. 

ޣައްޒާއިން ޖަރުމަނަށް އެ ކުދިން ދަތުރުކުރާ ފުލައިޓުގެ ހަރަދުތަކާއި ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ހަމަޖެއްސުމަށް އެ ޖަމްއިއްޔާތަކުންވަނީ ފައިސާ ހޯދުމުގެ ކެމްޕެއިންތައް ހިންގައި ގިނަ އަދަދެއްގެ ފައިސާ ހަމަޖައްސާފަ އެވެ. 

ނަމަވެސް މި ޕްރޮގުރާމުގެ ދަށުން ފަރުވާއަށް ޖަަރުމަަނަށް ގެންނަ ކޮންމެ ކުއްޖަކާއެކު އެހީތެރިއެއްގެ ގޮތުގައި ބޮޑު މީހަކު އަންނަން އޮންނައިރު އެފަދައިން ބޮޑުމީހުންނަށް އައުމަށް ހުއްދަ ދޭން ޖަރުމަނު ސަރުކާރުން ދެކޮޅުހަދާފައިވެ އެވެ. 

ޖަރުމަން ސަރުކާރުގެ ބައެއް އޮފިޝަލުން ބުނެފައިވަނީ ފަރުވާ ހޯދަން އަންނަ ކުދިންނާއެކު ޖަރުމަނަށް އެތެރެވާ އެކުދިންގެ ބެލެނިވެރިންނަކީ ހަމާސްއަށް ތާއީދުކުރާ ބަޔަކަށްވުމުގެ ފުރުސަތު އޮތުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. 

ޖަރުމަން ސަރުކާރުގެ މިކަންބޮޑުވުމާ ގުޅިގެން ރެފިއުޖީސް ފައުންޑޭޝަނުގެ ޑެނިއެލާ ނިއުޔެންފޯޑު ވިދާޅުވީ އެހެން ގައުމުތަކުންވެސް ޣައްޒާގެ ކުޑަކުދިން އެ ގައުމުތަކަށް ގެންގޮސް ބޭސްފަރުވާ ހަމަޖައްސައިދެމުންދާއިރު އެކަން ޖަރުމަނަށް ނުކުރެވެންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.