ކެރެލާގައި ނުރައްކާތެރި ބައްޔެއް ފެތުރެނީ، ދިވެހިން ސަމާލުވާން އަންގައިފި

އީޓިން އެމީބާ އިންފެކްޝަން ގައި ހުން އައުމާއެކު ގަދައަށް ބޮލުގައި ރިއްސާނެ އެވެ. އެކަމުގެ ސަބަބުން ހާލު ވަރަށް ގޯސްވެ ވާނުވާ ނޭންގޭ ހާލަތަށް ދެ އެވެ.

ކެރެލާގެ ކޯރެއްގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން

އަވައްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓް ގައި ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވާން އަންގައިފި އެވެ.  

އިންޑިއާ ސަރުކާރުން ވަނީ ކެެރެލާގައި ބްރެއިން އީޓިން އެމީބާ އިންފެކްޝަން ފެތުރޭކަން ހާމަކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އަންގާފަ އެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ވަނީ ކެރެލާގައި ތިބި ދިވެހީން ސަމާލުވުމަށް އަންގާފަ އެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެދިފައިވެ އެވެ.

އީޓިން އެމީބާ އިންފެކްޝަން ގައި ހުން އައުމާއެކު ގަދައަށް ބޮލުގައި ރިއްސާނެ އެވެ. އެކަމުގެ ސަބަބުން ހާލު ވަރަށް ގޯސްވެ ވާނުވާ ނޭންގޭ ހާލަތަށް ދެ އެވެ. އަދި އެ ނޫން ވެސް ސިއްހީ ގިނަ މައްސަލަތައް ދިމާވެ އެވެ. އެގޮތުން ކަނދުރާއަށް ނާރު އެރުމާ ފިޓް ޖެހުން ފަދަ ކަންކަން ވެެސް ކުރިމަތިވެ އެވެ.

ފަރުވާ ލަސްވެއްޖެނަމަ މިއީ ފުރާނައަށް ވަރަށް ނުރައްކާ ކުރާ ބައްޔެކެވެ.

މިއީ ނޭފަތުން ނުވަތަ ކަންފަތުން ޖަރާސީމު ވަދެގެން ޖެހޭ ބައްޔެއް ކަމުން ކޯރުތަކާއި ޕޫލުތަކަަށް މި ދުވަސްވަރު ނޭރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކެރަލާ އަކީ ބޭސްފަރުވާއާ އެ ނޫން ބައެއް ބޭނުންތަކަށް ދިވެހީން ދަތުރުކޮށް އުޅޭ ސްޓޭޓެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.