އެމްޑީޕީ ތެރޭގައި ހޯދި ނާޖައިޒު ފައިސާގެ މައްސަލަ އަންނަނީ ޖެހެމުން: ފައިސަލް

އެމްޑީޕީގެ ލީޑަޝިޕުގެ ތެރޭގައި މިހާރުވެސް އެކި މިންވަރަށް މައްސަލަތައް އުފެދިފައިވާކަމަށް ވިދާޅުވެ ފައިސަލު ފާހަގަކުރެއްވި ގޮތުގައި އެ ބޭފުޅުންގެ މެދުގައި އުފެދިފައި އޮތީ ފައިސާގެ މައްސަލަ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

ފާއިތުވި ވެރިކަމުގައި އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުން ނާޖާއިޒު ގޮތުގައި ހޯއްދެވި ފައިސާ ބެހުމުގެ މައްސަލަތައް މިހާރު އެ ޕާޓީގެ އެތެރޭގައި އުފެދިފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ. 

ރޭ ޕީއެންސީ ހައުސްގައި ބޭއްވި އެ ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައިސަލު ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިން މުޅި ދިވެހި ދައުލަތް ދަރުވާލައްވާފައިވާ ކަމަށެވެ. އަދި ދައުލަތް ދަރުވައިލެއްވި ބޭފުޅުންނަށް ފިއްލަވައިގެން ވަޑައިގެންނެވިގެން ނުވާނެ ކަމަށެވެ. 

އެމްޑީޕީގެ ލީޑަޝިޕުގެ ތެރޭގައި މިހާރުވެސް އެކި މިންވަރަށް މައްސަލަތައް އުފެދިފައިވާކަމަށް ވިދާޅުވެ ފައިސަލު ފާހަގަކުރެއްވި ގޮތުގައި އެ ބޭފުޅުންގެ މެދުގައި އުފެދިފައި އޮތީ ފައިސާގެ މައްސަލަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ފަދަ ބޭފުޅުން ނަހަމަ ގޮތުގައި ހޯއްދެވި ފައިސާ ބެއްސެވުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށް ފައިސަލް ތުހުމަތުކުރެއްވި އެވެ. 

ފައިސަލް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ބޭފުޅުންނަށް ފިއްލަވައިގެން ވަޑައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެގޮތުން ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު (ފެނަކަ ސައީދު) ހުންނެވި ތާކުން ހޯދައިގެން ގެނެސް ހައްޔަރުކުރަންޖެހޭ ކަމުގައި އޭނާ ވިދާޅުވި އެވެ. 

ފައިސަލުގެ ވާހަކަފުޅުގައި އެމްޑީޕީގެ އިތުރަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުންދާ ޕީއެންއެފްގެ ލީޑަރު އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްވެސް ފާޑުވިދާޅުވި އެވެ. އެގޮތުން ޔާމީނަކީ ރައްޔިތުން ނުކުމެ ސިޔާސީ މަސްރަހުން އެކަހެރިކޮށްފައިވާ ބޭފުޅެއްކަމަށް ފައިސަލު ވިދާޅުވި އެވެ. 

ފައިސަލްވަނީ ރައީސް މުއިއްޒާއި ޕީއެންސީގެ ޗެއާޕާސަން އަދި އޭނާގެ ބައްޕާފުޅު އަބްދުއްރަހީމް އަބްދުﷲ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ދެއްކެވީ ހުސްގޮނޑިއެއް ނޫންކަމަށް ވިދާޅުވެ، މި ސަރުކާރަށް ވެރިކަން ލިބުމުގައި ރައީސް ޔާމީނުގެ މުހިއްމު ދައުރެއް ނެތްކަމަށް ދޭހަަވާ ގޮތަށް ވާހަކަދައްކަވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.