ޓޫރިޒަމްގެ ހުރިހާ ރެކޯޑެއް މި ސަރުކާރަށް، ވަޒީރުގެ ޝުކުރު

އެންމެ ގިނަ ފަތުރުވެރީން ރާއްޖެ ޒިޔާރަތްކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ދެ ލައްކަ ފަތުރުވެރީން ޒިޔާރަތްކުރި އެވެ.

ރާއްޖެއަށް ލިބުނު އެވޯޑަކާއެކު ޓޫރިޒަމް މިނިސްޓަރު ފައިސަލް -- އެމްއެމްޕީއާރުސީ

ޓޫރިޒަމްގައި މި އަހަރަކީ އެންމެ ކާމިޔާބު އެއް އަހަރުކަން ފާހަގަ ކުރައްވާ ޓޫރިޒަމްގެ ތަރައްގީއަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް މިނިސްޓަރު އިބްރާހިމް ފައިސަލް ޝުުކުރު އަދާކުރައްވައިފި އެވެ.

ޕީއެންސީ ހައުސް ގައި ރޭ އޮތް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ރެކޯޑްތަކެއް ގާއިމު ކުރެވުނު ކާމިޔާބު އަހަރެއް ކަމަށެވެ. އެ ހަގީގަތް ފޮރުވަން ވާދަވެރީން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޓޫރިޒަމްގެ ހުރިހާ ރެކޯޑެއް މިހާރު އޮތީ މި ސަރުކާރަށް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ގިނަ ފަތުރުވެރީން އެއް ދުވަހާ ރާއްޖެ އައުމުގެ ރެކޯޑާއި އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތް ކުރި މަހުގެ ރެކޯޑާއި އެންމެ އަވަހަށް އެއް މިލިއަން ފަތުރުވެރީން ހަމަ ކުރެވުމުގެ ރެކޯޑް އޮތީ މި އަހަރަށް ކަމަށެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ ދުވަހެއްގައި 10،231 ފަތުރުވެރީން ވަނީ އައިސްފަ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ ފަތުރުވެރީން ރާއްޖެ އައި ދުވަހެވެ.

އެންމެ ގިނަ ފަތުރުވެރީން ރާއްޖެ ޒިޔާރަތްކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ދެ ލައްކަ ފަތުރުވެރީން ޒިޔާރަތްކުރި އެވެ. މީގެ އިތުރުން އެންމެ އަވަހަށް އެއް މިލިއަން ފަތުރުވެރީން ހަމަކުރެވުނީ ވެސް މި އަހަރު އެވެ. މި އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެއް މިލިއަން ފަތުރުވެރީން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ.

"އެންމެން ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ނަތީޖާ މިއީ،" ޓޫރިޒަމްގެ ދާއިރާގެ އެންމެންގެ ނަން ފާހަގަ ކުރައްވާ މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.