ވިދާޅުވީ ކުރިއަށް އޮތް ދެ ތީން މަސްތެރޭ އެ ރަށްތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ކްލޯސް-ބިޑިންގެ ތެރެއިން ދޫކުރަން ނިންމި ރަށްތަކުގެ ތެރެއިން ލާމުގެ ތިން ރަށް ދުބާއީގެ ކުންފުންޏަކަށް ދީފައިވާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހައުސް ގައި ރޭ އޮތް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ލާމުގައި ޓޫރިޒަމް ފުޅާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ކްލޯސް-ބިޑިންގެ ތެރެއިން ދޫކުރަން ނިންމި ރަށްތަކުގެ ތެރޭގައި ލާމުގެ ރަށްތައް ހިމެނީ އެ ބޭނުމުގައި ކަަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލާމުގެ ތިން ރަށަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ހާއްސަ ހުއްދައެއްގެ ދަށުން އެ ރަށްތައް ދުބާއީގެ ކުންފުންޏަކަށް ހަވާލުކޮށް އެވޯޑް ލެޓާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކުންފުނީގެ ތަފްސީލެއް ރޭ މިނިސްޓަރު ނުދެއްވަ އެވެ.
އަދި ވިދާޅުވީ އެ ތިން ރަށުގެ ތެރެއިން އެއް ރަށަށް ދައްކަން ޖެހޭ ފައިސާ، އެ ކުންފުނިން މިހާރު މީރާއަށް ދައްކާފައިވާ ކަމަށެވެ. އަނެއް ދެ ރަށަށް ދައްކަން ޖެހޭ ފައިސާ ވެސް ވަރަށް އަވަހަށް ދައްކާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ދެ ތީން މަސްތެރޭ އެ ރަށްތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މީގެ އިތުރުން ލާމުގެ ބަރެސްދޫ ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ވީހާވެސް އަވަހަށް ފެށުމަކީ އުންމީދު ދެއްކަމުގައި ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ ރަށް މިހާރުވެސް ޗައިނާގެ ޕާޓީއަކުން ބަލަމުންދާ ކަމަށެވެ.