އެ ދެ މަޝްރޫއު ވެސް ދޫކުރާނީ ލޭންޑް ލީސް ރައިޓްސް މޮޑެލްއަށެވެ. ނަމަވެސް އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް ބުންޏެވެ.
ހުޅުމާލޭގައި ކޮމާޝަލް ކިއޮސްކް އަދި ޗެނަލް ޕާކު ސަރަހައްދު ގައި ކޮމާޝަލް އައުޓްލެޓް ތަރައްގީ ކުރަން ހުޅުވާލައިފި އެވެ.
ހުޅުމާލެ ހިންގާާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކަކާއި ހުޅުމާލޭގައި ކޮމާޝަލް ކިއޮސްކް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
އެ ދެ މަޝްރޫއު ވެސް ދޫކުރާނީ ލޭންޑް ލީސް ރައިޓްސް މޮޑެލްއަށެވެ. ނަމަވެސް އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް ބުންޏެވެ.
އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ.
އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލް އާއި އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނެއެވެ.
އެހެންކަމުން، ކޮމާޝަލް އައުޓްލެޓްތައް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީ ބިލްޑިންއަށް ހާޒިރުވެ، މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އީއޯއައި ހުށަހަޅަން ޖެހެ އެވެ. ކޮމާޝަލް ކިއޮސްކް ތަރައްގީކޮށް ހިންގުމަށް އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 28 އެވެ.