ރާއްޖޭގެ އާބާދީގެ 41 ޕަސެންޓް މީހުން މާލޭގައި

ސްޓެޓެސްޓިކް ބިއުރޯ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީ އަކީ މިހާރު 515،132 އެވެ. އޭގެ ތެރެއިން 211،908 މީހުން ދިރިއުޅެނީ މާލޭގަ އެވެ.

މާލެ ސިޓީ: ރާއްޖޭގެ އާބާދީގެ 41 ޕަސެންޓް އުޅެނީ މާލޭގައި --

ރާއްޖޭގެ އާބާދީގެ 41 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގައި ކަމަށް ސްޓެޓެސްޓިކް ބިއުރޯ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ އާބާދީގެ ދުވަހާ ގުޅިގެން ސްޓެޓެސްޓިކް ބިއުރޯ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީ އަކީ މިހާރު 515،132 އެވެ. އޭގެ ތެރެއިން 211،908 މީހުން ދިރިއުޅެނީ މާލޭގަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ 36 ޕަސެންޓަކީ ބިދޭސީންނެވެ. އެއީ 132،493 މީހުންނެވެ.

މާލެ ފިޔަވައި ރާއްޖޭގައި ދެން އެންމެ މީހުން ގިނައީ އައްޑޫ ސިޓީގަ އެވެ. އެ ސިޓީގައި 25،052 މީހުން ދިރިއުޅެ އެވެ. ތިން ވަނައަށް އެންމެ މީހުން ގިނައީ ހދ. އަތޮޅުގަ އެވެ. އެ އަތޮޅުގެ އާބާދީ އަކީ 22،440 އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވަޒީފާ އަދާ ކުރާ އާބާދީ އަކީ 300،422 އެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 171،130 އެވެ. 

މާލެ ދަނީ އަދިވެސް ތޮއްޖެހެމުންނެވެ. ގިނަ ބަޔަކު ބުނަނީ މާލެ ބަދަލުވާން ޖެހެނީ ރަށްރަށުން ވަޒީފާގެ ފުރުސަތުތަކާއި މަތީ ތައުލީމު ނުލިބޭތީ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.