އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް ގިޔާސް

ގިޔާސަކީ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ މަޓާޓޯގެ ރައީސްގެ މަގާަމުގައި ހުންނެވި ފަތުރުވެރިކަމުގެ ސިނާއަތުގައި ގިނަ ޒަމާންތަކެއް ހޭދަކުރައްވާފައިވާ ހިދުމަތްތެރި ތަޖުރިބާކާރެކެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް އައްޔަންކޮށްފި އެވެ. 

އެ ކުންފުނީގެ ޗެއާޕާސަންގެ މަަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ނޫރައިން އަލީ ޖަނާހު އިސްތިއުފާ ދެއްވުމުންނެވެ. ނޫރައިން މަގާމުން އިސްތިއުފާ ދެއްވައި ހުށަހެޅުއްވި ސިޓީގައި ކުންފުނީގެ ހިންގުމުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރައްވާފައިވެ އެވެ. 

މޭ މަހުގެ 21 ވަނަ ދުވަހު ނޫރައިން މަގާމުން އިސްތިއުފާދެއްވި ފަހުން އެ މަގާމަށް ބޭފުޅަކު އައްޔަން ނުކޮށް އޮތުމަށްފަހު ގިޔާސް އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މި ހަފުތާގަ އެވެ. 

އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެވުނުއިރުވެސް ގިޔާސަކީ ޓުއަރިޒަމް ސިނާއަތުގައި ނުފޫޒުގަދަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސެވެ. 

މަޓާޓޯގެ ރައީސްކަން ކުރެއްވުމުގެ އިތުރަށްވެސް ގިޔާސަަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ އެ ދާއިރާގެ ތަޖުރިބާކަރު ހިދުމަތްތެރި ބޭފުޅެކެވެ. 

އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް ގިޔާސް އައްޔަންކޮށްފައިވާއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް ސަރުކާރުން ފުރަތަމަ ހަމަޖެއްސި ފާތިމަތު މުހައްމަދު (ކުޑީ) އެ މަގާމުން ވަކިކުރެއްވުމަށްފަހު އިބްރާހީމް ޝިއުރީ މަގާމަށް އައްޔަންކޮށްފައިވެ އެވެ. 

ޝިއުރީ އެމްޑީކަމާ ހަވާލުވެވަޑައިގެންނެވިތާ ކުރު މުއްދަތެއްގެ ތެރޭގައި ކުންފުނީގެ ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ ތެރެއިން ބައްސާމް އާދަމް އެ މަގާމުން ވަކިވެވަޑައިގެންފައިވެ އެވެ. އަދި ކުންފުނީގެ އެންމެ ގިނަ ދުވަސްވީ މުވައްޒަފު އިބްރާހީމް އާސިމްވެސް އޭނާ ހުންނެވި މަގާމުން ވަކިކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.