ކޮންމެ ދިހަ ޒުވާނުންގެ ތެރެއިން އެކަކު އެއްވެސް ކަމެއް ނުކުރޭ

ޒުވާނުންގެ ތެރެއިން 10،414 މީހުންނަކީ ތައުލީމު ހާސިލުނުކުރާ އަދި ވަޒީފާއެއް އަދާނުކުރާ ތަމްރީނެއްވެސް ހަދަމުންނުދާ ޒުވާނުންވެެ. އެއީ ޒުވާނުންގެ އާބާދީގެ 19 އިންސައްތަަ އެވެ.

ޒުވާނުންތަކެއް މަޝްވަރާއެއްގައި

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ 19 އިންސައްތަ ނުވަތަ ކޮންމެ 10 ޒުވާނުންގެ ތެރެއިން އެކަކު އެއްވެސް ކަމެއް ނުކުރާކަމަށް ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން އެ އިދާރާއިން ހާމަކުރި ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީގެ ތެރެއިން އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ އާބާދީއަކީ 53،537 މީހުންނެވެ. އެއީ 27،625 ފިރިހެނުންނާއި 25،912 އަންހެނުންނެވެ. 

އެ ޒުވާނުންގެ ތެރެއިން 10،414 މީހުންނަކީ ތައުލީމު ހާސިލުނުކުރާ އަދި ވަޒީފާއެއް އަދާނުކުރާ ތަމްރީނެއްވެސް ހަދަމުންނުދާ ޒުވާނުންވެެ. އެއީ ޒުވާނުންގެ އާބާދީގެ 19 އިންސައްތަަ އެވެ. އެމީހުންގެ ތެރެއިން 17 އިންސައްތަައަކީ ފިރިހެނުންނެވެ. 22 އިންސައްތައަކީ އަންހެނުންނެވެ. 

ޒުވާނުންގެ އާބާދީގެ 11.1 އިންސައްތަ މީހުންނަކީ ތައުލީމު ވަޒީފާ އަދާކުރަމުން ތައުލީމު ހާސިލުކުރާ މީހުންނެވެ. 1.2 އިންސައްތަ މީހުންނަކީ ވަޒީފާ އަދާނުކޮށް ތައުލީމު ހާސިލުކުރާ މީހުންނެވެ. 14.5 އިންސައްތަ މީހުންނަކީ ތައުލީމު ހާސިލުނުކުރާ އަދި ވަޒީފާއެއްވެސް އަދާނުކުރާ މީހުންނެވެ. 

އަދި ތައިލީމު ހާސިލުނުކުރާ މިހާރު ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތަކީ 34.2 އިންސައްތަ އެވެ. ވަޒީފާގެ ބާޒާރުން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ މީހުންގެ ނިސްބަތަކީ 34.0 އިންސައްތަަ އެވެ. 

ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ އާބާދީއަކީ 300،422 މީހުންނެވެ. އެއިން 171،130 މީހުންނަކީ ދިވެހިންނެވެ. 129،292 މީހުންނަކީ ބިދޭސީންނެވެ. އަދި މަސައްކަަތްކުރާ އާބާދީގެ ތެރެއިން 126،3846 މީހުން ދިރިއުޅެނީ މާލޭ ސަރަހައްދުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.