މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ގިނަ އެހީ ދިނީ ކެންސަރު ފަރުވާއަށް

ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި ފައިސާގެ 30 ޕަސެންޓް ހަރަދުކޮށްފައި ވަނީ ކެންސަރު ފަރުވާއަށެވެ. އެއީ 262،911 ރުފިޔާ އެވެ.

ޒަކާތް ބަލައިގަންނަނީ: ޒަކާތު ހައުސްއިން އަންނަނީ ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ފައިސާ ފަގީރުންނަށް ދޫކުރަމުން

މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ގިނައިން އެހީ ދީފައި ވަނީ ކެންސަރު ފަރުވާއަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި ފައިސާގެ 30 ޕަސެންޓް ހަރަދުކޮށްފައި ވަނީ ކެންސަރު ފަރުވާއަށެވެ. އެއީ 262،911 ރުފިޔާ އެވެ.

  • ސިކުނޑީގެ އޮޕަރޭޝަން - 124،580 ރުފިޔާ
  • ކިޑްނީ ބަލިތައް - 97،531.50 ރުފިޔާ
  • ހިތުގެ އޮޕަރޭޝަން - 38،164 ރުފިޔާ
  • ޓްރާންސްޕްލާންޓް - 25،443 ރުފިޔާ
  • އެހެނިހެން ބަލިތައް - 322،327.50 ރުފިޔާ

ފާއިތުވި މަސްތަކަށް ބަލާއިރު ވެސް މި ފަންޑުން އެންމެ ގިނައިން ހަރަދުކޮށްފައި ވަނީ ކެންސަރު ފަރުވާއަށެވެ.

ޒަކާތުގެ ކަންކަން މެނޭޖުކުރުމަށް ވަކި ހާއްސަ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް ގާއިމުކޮށް، އެ އިދާރާ ހިންގުމުގެ އުސޫލުތައް އެކަަށައަޅައި ޒަކާތުގެ ޒަމާނީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ.

އަދި ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ޝާމިލު ޒަކާތުގެ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ހިމަނާފައިވެ އެވެ. ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުން ފަގީރުންނަށް ލިބޭ އެހީތެރިކަން އިތުރުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.