އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ވަހީދުގެ ސަރުކާރު ފެށުނު ހިސާބުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެމްޑީޕީން ކުރިހާވެސް ކަމަކީ ޓޫރިޒަމް ބޮއިކޮޓް ކުރުން ކަމަށެވެ. އެއީ ވަކި އިންތިޒާމެއްގެ ދަށުން ރޭވިގެން ކުރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހާއްސަކޮށް އެމަނިކުފާނުގެ ވެރިކަމުގައި 2013 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް އެމްޑީޕީން މާ ބޮޑަށް ފާޅުގައި ކުުރި ކަމަށެވެ.
ދިވެހި ޓޫރިޒަމަށް ހުރިހާ ގެއްލުން ދިނީ އެމްޑީޕީން ކަމަށާ ވެރިކަމުގައި ތިބެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރި ނަމަވެސް ދިވެހި ތާރީހު ބަދަލު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ވަހީދުގެ ސަރުކާރު ފެށުނު ހިސާބުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެމްޑީޕީން ކުރިހާވެސް ކަމަކީ ޓޫރިޒަމް ބޮއިކޮޓް ކުރުން ކަމަށެވެ. އެއީ ވަކި އިންތިޒާމެއްގެ ދަށުން ރޭވިގެން ކުރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހާއްސަކޮށް އެމަނިކުފާނުގެ ވެރިކަމުގައި 2013 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް އެމްޑީޕީން މާ ބޮޑަށް ފާޅުގައި ކުުރި ކަމަށެވެ.
ދުނިޔޭގައި ބޭއްވޭ ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ އައިޓީބީ ކުރިއަށް ދިޔައިރު އެމްޑީޕީގެ އިސްވެރީން ޓޫރިޒަމް ބޮއިކުރުމަށް ގޮވާލާ އަޑުއުފުލި ކަމަށެވެ. އެ އަޑު އުފުލުމުގައި ވަކިވަކި ބޭފުޅުންގެ ރިސޯޓްތައް ބޮއިކޮޓް ކުރުމަށް ގޮވާލި ކަމަށެވެ. އެ ގޮތުން ވިލާ ގުރޫޕްގެ ރިސޯޓްތަކާއި ސަން ސިޔާމްގެ ރިސޯޓްތަކާއި ޗަމްޕާގެ ރިސޯޓްތައް ބޮއިކޮޓް ކުރަން ގޮވާލި ގޮވާލުން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ހިތަށް އަރާ ގާސިމް އާއި ސިޔާމް މި ވާހަކަތައް ހަނދާނެތިގެން މި އުޅެނީ. އަފީފް [ޗަމްޕާ] މެން ރިސޯޓްތަކަށް ބޭރު މީހުން ނާންނާށާ މި މީހުންނަކީ މިތާންގައި އޮތް އަނިޔާވެރި ސަރުކާރަކަށް މަދަދުގާރުންނޭ ކިޔާފައި ވާހަކަ ދެއްކީ، މިއީ ރައީސް ނަޝީދު އިސްވެ ހުންނަވާ އެމްޑީޕީގެ ބޭފުޅުން އިސްވެ ހުންނަވައިގެން ކުރައްވާފައިވާ ކަންކަން. ހަމަ އޭރު އިބްރާހިމް މުހައްމަދު ސޯލިހް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާނީ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދިވެހި ޓޫރިޒަމަށް 50 އަހަރު ފުރިގެން އެމްޑީޕީން އުފާކޮށް ފަހުރުވެރިވާން ޖެހޭ ސަބަބެއް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވައެވެ. ދިވެހި ޓޫރިޒަމަށް ގެއްލުމެއް ދިން ނަމަ އެކަމުގައި ފަހަތުގައި މިދިޔަ ސޯޅަވަރަކަށް އަހަރު އޮތީ އެމްޑީޕީ ކަމަށާ އެ ތާރީހު ބަދަލު ކުރަން ކިތަންމެ ބޭނުންވިޔަސް އެކަން ނުކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ ޓޫރިޒަމް ތަރައްގީ ކުރުމުގައި އެއްވެސް ހިއްސާއެއް އޮތް ބައެއް ނޫން ކަމަށެވެ.
"މިވަރު ބަޔަކު ޓޫރިޒަމަށް 50 އަހަރު ފުރިގެން ކޮން ފަހުރެއްތޯ، ކޮން ކޮންޓްރިއުބިއުޝަނެއްތޯ މި މީހުން [އެމްޑީޕި] ގެ އޮތީ. ޓޫރިޒަމަށް ދިނިއްޔާ ދިން ގެއްލުމެއް ދީފައި އޮތީ އެ މީހުން. އެއީ ތާރީހު، އެކަމެއް ބަދަލެއް ނުކުރެވޭނެ. އެ ހުރީ އާކައިވްގައި. އެމްޑީޕީން މަސައްކަތް ކުރީކީއެއް މިތާންގައި ޓޫރިޒަމް ތަރައްގީ ކުރާކަށެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ތިޔައީ ހުސް ތެދު، 2013 އިން މަނިކުފާނުގެ ވެރިކަން ނިމެންދެން ހުއްޓާ ނުލައި ކުރި ކަމަކީ އެއީ ބަޔަކު މީހުން، އެހެން އޮއްވާ މަނިކުފާނުގެ ކަންކަން ހުރި ގޮތުން ވެރިކަން ގެއްލި އެ މީހުންނަށް ލިބުނީ މިހާރު އެ މީހުން ވެސް ހަމަ ޓޫރިޒަމް ކުރި އަރުވަނީ އެވޯޑް ވެސް ދެނީ މި ހުންނަނީ ކަން ހިނގާ މަގު. މީގައި އެ މީހުންގެ ކުށް ވަރަށް ބޮޑު އެކަމަކު އެ ފުރުސަތު ލިބުނީ މަނިކފާނު ގެ ބޮޑު ކުށަކުން މި ހަގީގަތާއި ތާރީހުވެސް ބަދަލު ނުވާނެ