ސައީދުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އެމެރިކާގެ ދެމެދުގައި އޮތް ވިޔަފާރިއާއި އިންވެސްޓުމެންޓުގެ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުސަތުތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާގެ ވިޔަފާރިވެރިންނާ ހިއްސާ ކުރައްވައިފި އެވެ.
އެމެރިކާއާއި ރާއްޖޭގެ މެދުގައި ވިޔަފާރިއާއި އިންވެސްޓުމެންޓު ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރެއްވުމަށް ސައީދު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބައެއް ވިޔަފާރިވެރިންނާ އޭނާ ބައްދަލުކުރައްވާފަައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުުނި ގޮތުގައި މި ބައްދަލުވުމަކީ އެމެރިކާގެ ޗެމްބާ އޮފް ކޮމާސްއިން އިންތިޒާމުކުރި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓުކުރަން ހުރި ތަފާތު ފުރުސަތުތަކާ ބެހޭ މައުލޫމާތު މިނިސްޓަރު ދެއްވި ކަމުގައި އެ ވުޒާރާއިން ބުނެ އެވެ.
ސައީދުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އެމެރިކާގެ ދެމެދުގައި އޮތް ވިޔަފާރިއާއި އިންވެސްޓުމެންޓުގެ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ހުރި އިންވެސްޓުމެންޓު ފުރުސަތުތަކުގެ މައުލޫމާތު ބޭރުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާ ހިއްސާކުރެއްވުމަށް ސައީދުވަނީ ޗައިނާއާއި ސައުދީ އަރަބިއްޔާ އަދި އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުތަކުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާފަ އެވެ.
އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް އިންވެސްޓަރުން ގެނައުމަށް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ވަރަށް ބޮޑަށް މަސައްކަަތް ކުރަމުންނެވެ. އެގޮތުން މި އަހަަރު ދުބާއީއާއި ޗައިނާގައި ރާއްޖޭގެ އިންވެސްޓުމެންޓު ފޯރަމްތަކެއް ބާއްވާފައިވެ އެވެ.