އެޗްޑީސީއަށް ފަހު ކްއާޓާގައި 3.23 ބިލިއަނުގެ ގެއްލުން

ހިންގުމުގެ ހަރަދުތައް އުނިކުރުމުން ކުންފުންޏަށް ޖުމްލަ 3.25 ބިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އެ ކުންފުންޏަށް މިހާ ބޮޑު ގެއްލުމެއް ލިބުނު މައިގަނޑު ތިން ސަބަބެއް އެ ކުންފުނިންވަނީ ފާހަގަކޮށްފަ އެވެ.

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ

ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އަށް 3.23 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ން ބުނެފި އެވެ. 

ޕީސީބީން ކޮންމެ ކުއާޓާއެއްގައި އާންމުކުރާ ދައުލަތުގެ ކުންފުނިތަކުގެ މާލީ ރިވީއުގައި ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި އެޗްޑީސީއަށް 1.47 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުކަން ފާހަގަކޮށްފައިވެ އެވެ. އެއީ އޭގެ ކުރީ ކުއާޓާއަށްވުރެ 704 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ،. 

އަދި 2022 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާއާ އަޅާބަލާއިރު އެޗްޑީސީގެ އާމްދަނީވަނީ 185 އިންސައްތައިން އިތުރުވެފަ އެވެ. އެއީ 955.88 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

އާމްދަނީގެ އިތުރަށް ކުންފުނީގެ ގްރޮސް ޕްރޮފިޓު ނުވަތަ ހިންގުމުގެ ހަރަދުތައް އުނިކުރުމުގެ ކުރިން ލިބޭ ފައިދާވެސް އެ އަހަރު އިތުވި އެވެ. އެގޮތުން 693 މިލިއަން ރުފިޔާގެ ގްރޮސް ޕްރޮފިޓެއް އެ ކުންފުންޏަށް ލިބުނެވެ. ނަމަަވެސް ހަރަދުތައް އުނިކުރުމަށްފަހު ކުންފުނީގެ ފައިދާ ހިސާބުކުރުމުން އެ ކުންފުންޏަށް ލިބުނީ ބޮޑު ގެއްލުމެކެވެ. 

ހިންގުމުގެ ހަރަދުތައް އުނިކުރުމުން ކުންފުންޏަށް ޖުމްލަ 3.25 ބިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އެ ކުންފުންޏަށް މިހާ ބޮޑު ގެއްލުމެއް ލިބުނު މައިގަނޑު ތިން ސަބަބެއް އެ ކުންފުނިންވަނީ ފާހަގަކޮށްފަ އެވެ. 

އެޗްޑީސީއަށް ބޮޑު ގެއްލުމެއްވި މައިގަނޑު ސަބަބުތައް

  • 1.އެޗްޑީސީން އެކުލަވައިލި ހުޅުމާލޭގެ މަސްޓާ ޕްލޭނުގައި ހިމެނުނު ޔޮޓް މެރީނާ އަޅަން އޮތް ސަރަހައްދު ގޯތި ދިނުމަށް ހިއްކަން ނިންމުމުން އެ ސަރަހައްދުން ލިބޭނެކަމަށް ކުރިން އަންދާޒާކުރި އާމްދަނީ ނުލިބޭނެ ކަމަށް ބަލަންޖެހުން
  • 2.ހިޔާ ފުލެޓުތަކާއި އެނޫންވެސް އިޖިތިމާއީ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކުން ލިބެންޖެހޭ ފައިސާ ކުންފުންޏަށް ނުލިބުން
  • 3.ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް އެޗްޑީސީގެ މިލްކުވެރިކަމުގައި ހުރި ބިންތައް ދޫކޮށްލުން

އޭގެ އިތުރަށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރި ފުލެޓުތަކަށް ކުލި ނުދައްކައިގެން ޖޫރިމަނާ ދައްކަންޖެހޭ މީހުންގެ ޖޫރިމަނާތައް މައާފުކުރުމުގެ ސަބަބުން އެ ކުންފުނީގެ އިދާރީ ހަރަދުތައް 344 މިލިއަނުން އިތުރުވުމަކީވެސް ގެއްލުން ބޮޑުވި ސަބަބެކެވެ.

 އަދި ހިޔާ މަޝްރޫއަކީ މަޝްރޫއުގެ ހަރަދަށްވުރެ ލިބޭނެ ފައިދާ ކުޑަ މަޝްރޫއެއްގެ ގޮތުގައި އެޗްޑީސީން ގަބޫލުކުރުމަކީވެސް ގެއްލުން ބޮޑުވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. 

ނަތީޖާއެއްގެ ގޮތުން 2023ގެ ފަހު ކުއާޓާ ނިމުނުއިރު ކުންފުނީގެ ސާފު ފައިދާގެ މާޖިންވަނީ -219 އިންސައްތައަށް ވެއްޓިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.