"ވީއައިއޭ ތަރައްގީކުރުމުން ފަތުރުވެރިކަމުގެ އިސް މަންޒިލެއްގެ ގޮތު ރާއްޖެ ދެމިއޮންނާނެ"

ރާއްޖޭގެ އިގުތިސާދުގެ ލޭނާރަކީ ފަތުރުވެރިކަން ކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ ވީއައިއޭގެ ކުރިއެރުމަކީ ފަތުރުވެރިކަމުގެ ތަރައްގީއަށް މުހިއްމު ކަމެއް ކަމަށެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝަރީފް މުޙައްމަދު، ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުން ފަތުރުވެރިކަމުގެ އިސް މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމިއޮވެވޭނެ ކަމަށާއި، އެމަގާމު އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެ އެވެ. 

އެއަރ ސާރވިސް ވޯލްޑް ކޮންގްރެސްގައި ބައިވެރިވަޑައިގަންނަވާ މަންދޫބުންނަށް މަރުހަބާ ދެންނެވުމަށް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތަރައްގީގެ ކުރިއެރުން އަންނަ މިފަދަ ދަނޑިވަޅެއްގައި މި ކޮންގްރެސް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ ކުރިއަށްގެންދިއުމަށް އާ ފުރުސަތުތަކަށް މަގުފަހިވެގެންދާނެކަމެއް ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން އުފެދިގެންދާ ގުޅުންތަކުގެ ސަބަަބުން، ވިޔާފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހި ވެގެންދާނެކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ވީއައިއޭ އިތުރަށް ފުޅާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅެނީ އިސްތިރާޖީ ވިސްނުމެއް ކަމަށެވެ. އެ ތަސައްވުރާ އެއްގޮތަށް އެއާޕޯޓު ތަރައްގީކުރަމުންދަނީ ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ސިނާއަތާ ފައިހަމަކުރާނެ ފަދަ ވަސީލަތްތަކާ އެކު ކަމަށެވެ. 

"އައު ޓާމިނަލްތައް ބިނާކުރުމުން ފެށިގެން އައު ޓެކްނޮލޮޖީތައް އިތުރުކުރުމުން ފެށިގެން ކޮންމެ ފިޔަވަޅެއް އަޅަމުން އަންނަނީ، އަޅުގަނޑުމެންގެ ފަސިންޖަރުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ ބޭނުންތަކަށް ހިދުމަތްދެވޭނެ ގޮތްތަކަށް ރިއާޔަތްކުރެވިގެން،" ޝަރީފު ވިދާޅުވި އެވެ. 

ރާއްޖޭގެ އިގުތިސާދުގެ ލޭނާރަކީ ފަތުރުވެރިކަން ކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ ވީއައިއޭގެ ކުރިއެރުމަކީ ފަތުރުވެރިކަމުގެ ތަރައްގީއަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެއާޕޯޓު ތަރައްގީކޮށް ދަތުރުފަތުރު ލުއިކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވޭ ގޮތެއް ކަމުގައި ފާހަގަކުރެއްވި އެވެ. 

ޝަރީފުވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގައި އެއާލައިން ޕާޓްނަރުންގެ ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. 

އެއާޕޯޓު ދެމެހެއްޓެނެވި ގޮތެއްގައި ހުއްޓުމެއް ނެތި ތަރައްގީކުރެވެމުންދިއުމަކީ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރައި، އެ ސިނާއަތުގެ އިސް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވާނެ ކަމެއްގެ ގޮތުގައި ޝަރީފު ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.