އެމްޑީޕީއަށް ފިޔަވަޅު އަޅައިދިނުމަށް އީސީގައި މޫސަ އެދެފި

މޫސަ، އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ނޮވެމްބަރު 9، 2022 ގައެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ފަސް އަހަރަށް އެއްވެސް ފުރުސަތެއް ނުލިބޭނެ ކަމަށް އެ ޕާޓީން ވަނީ ކަނޑައަޅާފަ އެވެ.

ރީކޯ މޫސާ މަނިކު: އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ވަނީ ގެއްލިފައި --

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކަށް، އެ ޕާޓީގެ މަގާމުތަކާއި ޕްރައިމަރީތަކުގައި ވާދަކުރުމުގެ ފުރުސަތު ނެތް ކަމަށް އެންގުމުން ޕާޓީއަށް ފިޔަވަޅު އަޅައިދިނުމަށް އިލެކްޝަން ކޮމިޝަން (އީސީ) ގައި އެދިއްޖެ އެވެ.

އެމްޑީޕީގެ މާލެސިޓީގެ ރައީސް ކަމަށް މޫސަ ކުރިމަތިލުމުން، އެ ޕާޓީން ވަނީ އެ ފުރުސަތު ނެތް ކަމަށް އަންގާފަ އެވެ. އެ ފުރުސަތު ނެތް ކަމަށް އަންގާފައި ވަނީ 2014 ވަނަ އަހަރު އޭނާ ޕާޓީން ވަކިކޮށް، އަލުން ގުޅެއްޖެނަމަ، ގުޅޭ ދުވަހުން ފެށިގެން ފަސް އަހަރު އެއްވެސް އެތެރޭގެ އިންތިހާބެއްގައި އަދި މަގާމަކަށް ވެސް ނާދެވޭނެ ކަމަށް ނިންމާފަ އެވެ.

މޫސަ، އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ނޮވެމްބަރު 9، 2022 ގައެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ފަސް އަހަރަށް އެއްވެސް ފުރުސަތެއް ނުލިބޭނެ ކަމަށް އެ ޕާޓީން ވަނީ ކަނޑައަޅާފަ އެވެ.

މި ނިންމުމަކީ ގާނޫނުއަސާސީއާ އަދި އެމްޑީޕީގެ އަސާސީ ގަވާއިދާ ވެސް ހިލާފު ނިންމުމެއް ކަމަށް ބަޔާންކުރައްވައި މޫސަ ވަނީ އީސީގެ ރައީސް ފުއާދު ތައުފީގަށް މިއަދު ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި މޫސަ ވިދާޅުވެފައި ވަނީ 2014 ވަނަ އަހަރު އޭނާ އެޕާޓީން ވަކި ކުރީވެސް އިންސާފުވެރިކޮށް ނޫން ކަމަށެވެ.

ޕާޓީން އޭނާ ވަކިކުރީ އެމްޑީޕީގެ ޕާލިމެންޓްރީގެ ގްރޫޕުން ނެރުނު ވިޕަކާ ހިލާފުމުން ކަމަށާއި، އެ ވިޕާއި ފަސް މެންބަރުން ހިލާވު ކަމަށެވެ. ނަމަވެސް ވަކިކުރީ އޭނާ އެކަންޏެވެ. އެކަން އޭރު އީސީގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަން ވެސް މޫސަ ފާހަގަކުރެއްވި އެވެ.

"ސިޔާސީ ޕާޓީތަކަކީ ގާނޫނުއަސާސީން ބާރުލިބިގެން ހަދާފައިވާ ގާނޫނުތަކާއި އެއްގޮތަށް ހިންގަން ޖެހޭ ޕާޓީތަކެއް ކަމަށްވީ ހިނދު، ގާނޫނުއަސާސީން އަޅުގަނޑަށް ލިބިދޭ އެތައް ހައްގެއް އެމްޑީޕީގެ މި ނިންމުމުން އަޅުގަނޑަށް އެބަ ގެއްލޭ،" މޫސަ ފާހަގަކުރައްވާފައިވެ އެވެ.

މޫސަ ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނުން، ޕާޓީގެ މެންބަރުންގެ މައްޗަށް އެޅޭނެ ސުލޫކީ ފިޔަވަޅުތަކާއި އެޅޭނެ ގޮތްތައް އެޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާއިރު، އޭނާއަށް ފިޔަވަޅު އަޅާފައި ވަނީ ގަވާއިދުގައި ނުވާ ޝަރުތުތަކެއްގެ މައްޗަށް ކަމަށެވެ. އެހެންވީމާ އެއީ ބާތިލު ޝަރުތުތަކެއް ކަމަށެވެ. އެއީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދާވެސް ހިލާފު ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ސިޓީގައި ފާހަގަކުރައްވާފައި އިތުރަށް ވަނީ، ކޯޓަށް ނުގޮސް ކަންކަން ނިންމުމުގެ ބާރު އީސީއަށް ލިބިގެންވާ ކަމަށާއި، ޕާޓީގެ ބަދަލުވެރި ފަރާތުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅާއި ދޭން ޖެހޭ އިރުޝާދުތައް އެމްޑީޕީއަށް ދިނުމަށެވެ. އަދި، މިފަދަ ކަންކަމުގައި ގާނޫނީ އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް އިންސާފުވެރި އުސޫލުތައް ގާއިމްކޮށްދެއްވުމަށް ވެސް އޭނާ އެދިވަޑައިގެންފައިވެ އެވެ.

އެމްޑީޕީން އޭނާއަށް ފުރުސަތު ނުދިނުމުން، މޫސަ ވަނީ ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.