އޮންލައިންކޮށް ގުރުއާން ކޯސްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފި

އޮންލައިންކޮށް ގުރުއާން ކޯސްތައް ހިންގުމުގެ ހުއްދަ ދިނުމުގައި އެ ކޯހެއްގައި ކިޔަވައިދޭ މާއްދާތަކަށް ރިއާޔަތްކުރާނެ ކަމަށާއި، ހުއްދަ ދިނުމުގައި އަމަލުކުރާނެ ވަކި އުސޫލެއް އޮންނާނެ ކަމަށް ފިޒާނާ ވިދާޅުވި އެވެ.

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު، ފޮޓޯ: ސީއެންއެމް

ކީރިތި ގުރުއާން އުނގަންނައިދިނުމަށް ހިންގާ ކޯސްތައް އީ-ލާނިން މޮޑެލިޓީގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދީފި އެވެ. 

މިކަމުގެ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ ރާއްޖޭގައި އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭ ގައިޑްލައިނެއް އެކުލަވައިލި ހިސާބުން ފެށިގެން އޮންލައިންކޮށް ކިޔަވައިނުދެވޭނެ އަށް ދާއިރާއެއް ކަނޑައަޅާފައިވާއިރު، އެ ދާއިރާތަކުގެ ތެރޭގައި ގުރުއާން ކޯސްތައް ހިމެނޭ ކަމަށެވެ. 

މިހާތަނަށް އޮންލައިންކޮށް ކިޔަވައިނުދެވޭނެ ކަމަށް ގައިޑްލައިނުގައި ކަނޑައަޅާފައިވާ ދާއިރާތަކުގެ ކޯސްތައް އޮންލައިންކޮށް ހިންގިދާނެތޯ އެމްކިއުއޭއިން ބަލަމުންދާކަން ފާހަގަކުރައްވަމުން ފިޒާނާ ވިދާޅުވީ އެ މަޝްވަރާތަކުގެ އަލީގައި ގުރުއާން ކޯސްތައް އޮންލައިންކޮށް ހިންގުމަށް އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުމަށް އެމްކިއުއޭއިން ނިންމާފައިވާ ކަމަށެވެ. 

އަދި އޮންލައިންކޮށް ގުރުއާން ކޯސްތައް ހިންގުމުގެ ހުއްދަ ދިނުމުގައި އެ ކޯހެއްގައި ކިޔަވައިދޭ މާއްދާތަކަށް ރިއާޔަތްކުރާނެ ކަމަށާއި، ހުއްދަ ދިނުމުގައި އަމަލުކުރާނެ ވަކި އުސޫލެއް އޮންނާނެ ކަމަށް ފިޒާނާ ވިދާޅުވި އެވެ. އޮންލައިންކޮށް ގުރުއާން ކޯސްތައް ހިންގުމަށް ބޭނުންވާ ފަރާތްތަކުން އެ އުސޫލަށް ފެތޭ ގޮތަށް އެ ޕްރޮގުރާމުތައް ފަރުމާކުރުމަށްފަހު އެމްކިއުއޭއަށް ހުށަަހެޅުމަށް އޭނާ އެދިވަޑައިގަތެވެ. 

އޮންލައިންކޮށް ގުރުއާން ކޯސްތައް ހިންގުމަށް ހުއްދަ ދިން ނަމަވެސް އެ ކޯސްތަކުގެ ހުރިހާ އިމްތިހާނުތަކެއް ބާއްވަންޖެހޭނީ ދަރިވަރުން ހާޒިރުކޮށްގެން ކަމުގައި އޭނާ ވިދާޅުވި އެވެ. 

މި ބަދަލާއެކު މިހާރު އޮންލައިންކޮށް ކިޔެވުމުގެ ހުއްދަ ނުދޭ ދާއިރާތަކަކީ މެޑިސިން އެންޑް ޑެންޓިސްޓްރީ، ޕްރެކްޓިކަލް ޑިސިޕްލިން އޮފް ހެލްތު ސައިންސަސް، ނާސިން، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން، އިންޖިނިއަރިން، އާކިޓެކްޗަރ ގެ އިތުރުން ޓީޗިން އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.