ސްޓޫޑެންޓް ލޯނު ފައިސާ ނުދޭ ކަމަށް ބުނެ އެމްޑީޕީން ވެއްދި ކުއްލި މައްސަލަ ބޭރު

އޭނާ ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުދީ ލަސްކުރަމުންދާއިރު، ބައެއް ދަރިވަރުންނަށް ފައިސާ ދިނުން އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ.

ހުތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް --

ސްކޮލިޝިޕާއި ސްޓޫޑެންޓް ލޯނު ހަމަޖެހިފައިވާ ކުދިންނަށް ސަރުކާރުން ފައިސާ ޖަމާކޮށްނުދޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

މި މައްސަލަ މިއަދުގެ މަޖިލީސް ޖަލްސާއަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ. މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން، ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ސްކޮލިޝިޕްތަކާއި ސްޓޫޑެންޓް ލޯނު ތައާރަފްކޮށް 10،000 އަށްވުރެ ގިނަ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދީފައިވާ ކަމަށެވެ.

އޭގެ ތެރެއިން ގިނަ ދަރިވަރުން ރާއްޖޭން ބޭރުގައި މިއަދު މަތީތައުލީމު ހާސިލް ކުރަމުންދާއިރު، އެކުދިންނަށް މި ސަރުކާރުން ދޫކުރަން ޖެހޭ ފައިސާ ދޫނުކުރާތީ ޝަކުވާތައް ލިބެމުންދާ ކަމަށް ނާޒިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުދީ ލަސްކުރަމުންދާއިރު، ބައެއް ދަރިވަރުންނަށް ފައިސާ ދިނުން އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ އޭގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑަށް ދަތިވަމުން އަންނަ ކަމަށެވެ. ކޮލެޖު ފައިސާ ނުދެއްކި ބްލެކް ލިސްޓު ވުމުގެ މަގުމަތީގައި ބައެއް ކުދިން ތިބިއިރު، ތިބޭ ތަނުގެ ކުލި ވެސް ދައްކަން ކުދިންނަށް ދަތިވަމުން އަންނަ ކަމަށެވެ. މިގޮތަށް ދާނަމަ އެކުދިން މަގުމަތިވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެ ދަރިވަރުންނަށް ފައިސާ ނުދިން ނަމަވެސް، ދައުލަތުގެ ތިޖޫރީ ހުސްކުރަމުންދާ ކަމަށެވެ. ސަރުކާރުގެ ވެރިންގެ ގެތަކަށް ބޮޑެތި ހަރަދު ކުރަމުންދާއިރު ސިޔާސީ މުވައްޒަފުން އިތުރުކޮށް އެމީހުންނަށް ބޮޑު މުސާރަ ދެމުންދާ ކަމަށެވެ. އެހެންކަމުން އެކަން ހުއްޓާލައި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ސަރުކާރަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރަށް ވަނީ ގޮވާލައްވާފަ އެވެ. 

ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރުމާމެދު ވޯޓަށް އެހުމުން ސަރުކާރުން 59 މެންބަރުންގެ ވޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ އެމްޑީޕީގެ 12 މެންބަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.