މި އިވެންޓުގައި ޕޮލާރިސް ނެވިގޭޓާސް ކުންފުނި އަދި ހަރިމް ގްރޫޕްގެ ފަރާތުން ބައިވެރިވަޑައިގަތީ ސީސީއޯ ޖާސިމް ޖަނާހު އެވެ.
ކަނޑު ފަތުރާއި ގުޅުންހުރި ދާއިރާގައި ހުރި މައްސަލަތަކާއި ހުރި ފުރުސަތުތަކުގެ މައްޗަށް އަލި އަޅުވާލައި މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް ބާއްވައިފި އެވެ.
ކަނޑުގެ ސިނާއަތުގައި މަސައްކަތް ކުރާ ބޮޑެތި ވިޔަފާރިތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ބައިވެރި މި އިވެންޓަކީ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އާއި މޯލްޑިވްސްގެ އެންޑޯސްމަންޓްތަކާއެކު މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެންޑޯޒްކޮށްފައިވާ އިވެންޓެވެ.
މި އިވެންޓުގައި ރާއްޖޭގެ ކަނޑު ދަތުރުފަތުރާއި ޓޫރިޒަމް ހިދުމަތްދޭ ގިނަ ކުންފުނިތަކުގެ ވެރިން ބައިވެރިވެފައިވެ އެވެ. މި ޕެނަލްގައި ޕޮލާރިސް ނެވިގޭޓާސް ކުންފުނި އަދި ހަރިމް ގްރޫޕްގެ ފަރާތުން ބައިވެރިވަޑައިގަތީ ސީސީއޯ ޖާސިމް ޖަނާހު އެވެ.
މި ޕެނަލްގައި ވާހަކަ ދައްކަވަމުން ޖާސިމް ވަނީ މި ސިނާއަތުގައި ހުރި ބައެއް މައްސަލަތަކާއި ރާއްޖޭގެ މި ސިނާއަތުގައި ހުރި ފުރުސަތުތަކުގެ މައްޗަށް އަލި އަަޅުއްވާލައްވާފަ އެވެ. އަދި މި ސިނާއަތް ކުރިމަގުގައި ކުރިއަރައިގެންދާނެ ގޮތުގެ ތަސައްވުރެއް އެމަނިކުފާނު ދެއްވި އެވެ. މިގޮތުން މިހާރު ހުރި ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ މައްޗަށްވެސް ވާހަކަ ދެއްކެވި އެވެ.
މެރިން އިންޑަސްޓްރީ ފޯރަމް މިއީ ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ބޭއްވި ފޯރަމްގައިވެސް އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. މި އިވެންޓް އިންތިޒާމް ކުރީ މީޑިއަމް އިވެންޓްސް ކުންފުނިންނެވެ.