މާލީ ހާލަތު ސާފުކުރަން ގަވަރުނަރު މަޖިލީހަށް ހާޒިރު ކުރަނީ

ގަވަރުނަރު ޒިންމާ އަދާނުކުރާ ކަމަށް ތުހުމަތުކޮށް މި މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު / / މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް: އޭނާ މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފައި --

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފައި ވަނިކޮޮށް މާލީ ހާލަތު ސާފުކޮށް ސުވާލު ކުުރުމަަށް ގަވަރުނަރު މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ގަވަރުނަރު މަޖިލީހަށް ހާޒިރު ކުރަނީ މާދަމާ ހެނދުނު 11:00 ގަ އެވެ. ކޮމެޓީން ފާސްކުރީ ހާލަތު ސާފުކޮށް ސުވާލު ކުުރުމަަށް ގަވަރުނަރު މަޖިލީހަށް ހާޒިރު ކުރުމަަަށެވެ.

ގަވަރުނަރު ޒިންމާ އަދާނުކުރާ ކަމަށް ތުހުމަތުކޮށް މި މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު / / މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމެވެ. ކޮމެޓީގައި ނާޒިމް ވިދާޅުވި ގޮތުގައި ގައުމުގެ ފިސްކަލް ހާލަތު ރަގަޅު ކުރުމަށްޓަކާ އިކޮނޮމިކް ރިޕޯމް އެޖެންޑާއެއް އެކުލަވާލައި، އެކަމަށް ބޭނުންވާ ގާނޫނުތައް ތައާރަފްކޮށް، އާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ގައުމުގެ އިގުތިސޯދު އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ގޮސްފައިވާއިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ ރަގަޅަށް ހިންގޭތަން ނުފެންނަ ކަމަށެވެ.

"ގައުމުގެ އިގުތިސޯދު ހީނަރުވެ، އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސޯދު ދިޔައިރު އެމްއެމްއޭގެ ގާނޫނުތައް ބަޔާންކުރާ މަގުސަދުތައް ހާސިލު ކުރެވިފައި ނެތް ހިނދު، އެމްއެމްއޭގެ އެ މައިގަނޑު އެއް އަސާސް ކަމުގައިވާ މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިނގަމުންދާތަން ފެންނާކަށް ނެތް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ހިންގާ ބޭންކުތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި، ބޭންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބަހައްޓަން ގަވަރުނަރު ބާރުއަޅުއްވާތަން ފެންނަމުން ނުދާ ކަމަށެވެ. އަދި، ސަރުކާރުން ފައިސާ ހޯދަމުން ގެންދަނީ ޑޮމެސްޓިކް މާކެޓަށް ވެފައި، އެ މާކެޓު ރަގަޅަށް ރެގިއުލޭޓް ކުރާ ތަން ވެސް ފެންނަމުން ނުދާ ކަމަށެވެ.

އޭގެ އިތުރުން، ކުށްކުރުން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވާއިދުތައް އަދާހަމަ ކޮށްފައި ނުވާ މައްސަލަ ހޯމް މިނިސްޓްރީން މަޖިލީހުގެ 241 ކޮމެޓީގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ހާޝިމަކީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަގާމަށް އައްޔަނު ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ސެޕްޓެމްބަރު 8، 2019ގަ އެވެ 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.