މާލޭގެ ބައެއް ސަރަހައްދުތަކަށް ގަދައަށް އުދަ އަރަނީ

އުދަ އެރުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ހެދިފައި ހުރި އިރު، އަދި އެއްވެސް ތަނަކަށް އުދައިގެ އަސަރުކުރިކަން ސާފެއް ނުވެ އެވެ.

އުދަ އަރައި، ބޮޑުތަކުރުފާނު މަގުގައި ފެން ހެދިފައި -- ފޮޓޯ: މިރާ

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި އެވެ.

އެގޮތުން ކާނިވާ ސަރަހައްދާއި، ރާޅުގަނޑު ސަރަހައްދު އަދި އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގެ ބައެއް ހިސާބުތަކަށް އުދަ އަރާފައި ވެއެވެ. ރާޅުގަނޑު ސަރަހައްދުން ގަދައަށް އުދަ އެރުމުގެ ސަބަބުން މަޖީދީ މަގާ ހަމައަށް ލޮނުގެ އަސަރުކޮށްފައި ވެއެވެ. 

މި ދުވަސްވަރަކީ މާލެ ސަރަހައްދަށް އާންމުކޮށް އެންމެ ގަދައަށް އުދަ އަރާ ދުވަސްވަރެވެ. 

މިދިޔަ އަހަރު ސިނަމާލެ ބްރިޖަށް އުދަ އަރައި، ބަޔަކު އެކްސިޑެންޓުވެ ފަރުވާދޭން ވެސް ޖެހުނެވެ. މިހާރު އެކަން ހައްލުކުރުމަށް ބްރިޖްގެ ގަދައަށް ރާޅު ޖަހާ ސަރަހައްދުގައި ގާއިމްކޮށްފައި ހުރި ފާރުވެސް ވަނީ އުސްކޮށްފަ އެވެ. 

މިއަދު މާލެއަށް އުދަ އެރުމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ. އާންމުގޮތެއްގައި އުދަ އަރާނަމަ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ސަމާލު ވެސް ނެރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.