ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން މައްސޫދަކީ ހިތުގެ އޮޕަރޭޝަން ޑޮކްޓަރެކެވެ. އޭނާ މި ފަހަރު ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ.
އިރާންގެ ސިޔާސީ ރިފޯމިސްޓެއް އަދި ސިއްހީ ހިދުމަތްތެރިއެއް ކަމަށްވާ މައްސޫދު ޕެޒޭޝިއަން އިރާންގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.
މައްސޫދު އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓްގެ ދެވަނަ ބުރުގައި ދެވަނަ ބުރުގައި ސައީދު ޖަލީލީ ބަލި ކުރެއްވުމަށް ފަހު އެވެ. އޭނާ އިންތިހާޞު ކާމިޔާބު ކުރެއްވީ ވޯޓްލީ މީހުންގެ 53.3 ޕަސެންޓް ވޯޓުންނެވެ. އިންތިހާބުގައި 30 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓްލި އެވެ.
އިރާންގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވީ މިދިޔަ މަހުގެ 28 ގައި ހަ ކެންޑުޑޭޓުންނާ އެކުއެވެ. ދެވަނަ ބުރަކަށް ދާން ޖެހުނީ އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް އެއްވެސް ކެންޑިޑޭޓަށް ވޯޓް ހަމަ ނުކުރެއްވިގެނެވެ.
އިރާންގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް އުމުރުން 69 އަހަރުގެ މައްސޫދަކީ ކުރިން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ހާތަމީގެ ވެރިކަމުގައި ހެލްތު އެންޑް މެޑިކަލް އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން މައްސޫދަކީ ހިތުގެ އޮޕަރޭޝަން ޑޮކްޓަރެކެވެ. އޭނާ މި ފަހަރު ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ.
އިރާންގެ އިންތިހާބެއް ބާއްވަން ޖެހުނީ މިދިއަ މެއި މަހުގެ 19 ގައި އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ އިންނެވި ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާއެއްގައި އެ މަނިކުފާނު އަވަހަރާވުމާ ގުޅިގެންނެވެ.