"ވެރިކަމަށް އައިއިރު މާލީ ހާލަތު ރައީސަށް އެނގޭނެ، އޭރު ހާމަނުކުރީ"

"މި ސަރުކާރަށް ލިބުނު ޓްރާންސިޝަން ޕީޑިއެޑެއް. ހަމަ ހޭބޯނާރާ އެންމެން ގޮސް ދިމްޔާތުގަ ކުރީ މި މަސައްކަތް. އެހެންވީމަ އެބޭފުޅުން އެ ވިދާޅުވާ ގޮތަށް ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ހާލަތު އޮތް ގޮތް އޭރު އެނގިވަޑައިގަންނަވާނެ،"

ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫސްވެރީންނާއި ވާހަކަ ދައްކަވަނީ -- ދަ މިރާ

ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގުތިސޯދީ ހާލަތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ޓްރާންސިޓް ޕީރިއަޑުގައި އޭގެ ސާފު މަންޒަރު ރައްޔިތުންނަށް ނުދެއްކެތީ ކީއްވެގެންތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު ކުރައްވައިފި އެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގަތް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު އަބަދުވެސް ދައްކަވާ އެއް ވާހަކަފުޅަކީ، އެމަނިކުފާނު ދައްކަވާ ވާހަކަފުޅަ އަމަލާ ދިމާވާނެ ކަމަށެވެ. ނަމަވެސް ކުރިން ދެއްކެވި އެއްވެސް ވާހަކަފުޅެއް މިހާރު ދިމާ ނުވާ ކަމަށް ވިދާޅުވި އެވެ.

ފުރަތަމަ މިސާލެއްގެ ގޮތުން ޔާމީން ދެއްކެވީ، ޓްރާންސިޝަން ޕީރިއަޑުގައި ރާއްޖޭގެ އިގުތިސޯދާ މެދު ރައްޔިތުން ހާސްވާން ނުޖެހޭނެ ކަމަށާ، އިގްތިސޯދު ރަގަޅު ކުރާނެ ޕްލޭންތައް ހަދާފައިވާ ކަމަށް ވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅެވެ.

"މި ސަރުކާރަށް ލިބުނު ޓްރާންސިޝަން ޕީޑިއެޑެއް. ހަމަ ހޭބޯނާރާ އެންމެން ގޮސް ދިމްޔާތުގަ ކުރީ މި މަސައްކަތް. އެހެންވީމަ އެބޭފުޅުން އެ ވިދާޅުވާ ގޮތަށް ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ހާލަތު އޮތް ގޮތް އޭރު އެނގިވަޑައިގަންނަވާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްއެމްއޭ، މީރާ އަދި ފިނޭންސް މިނިސްޓްރީން ވަގުތުން އެ މައުލޫމާތުތައް އޭރު ވެސް ލިބެން ހުންނާނެ ކަމަށެވެ.

"އެކަން އެނގިވަޑައިގަންނަވާއިރު ވެސް ރައީސް މި ވިދާޅުވަނީ އިގްތިސޯދާ ދޭތެރޭ އެއްވެސް ކަންބޮޑުވުމެއް ނެތޭ. އަދި މިއުޅެނީ ހަނީމޫން ޕީރިއަޑު ނުނިމި، މިހާރު އަޅުގަނޑުމެން މިއުޅެނީ ކަމަރު ބަންނަން، އައިއެމްއެފް އިން ބުނާ ހުރިހާ ކަމެއް ކުރަން. އޭގެ ތެރޭގަ ރައްޔިތުން ހަނާވާ ކަންކަން މިހިރީ. އެހެންވީމަ މިއިން ކޮން މެސެޖެއްތޯއޭ ރައްޔިތުންނަށް މި ދެއްވަނީ؟ އޭހާ އަވަހަށް ބަހާ އަމަލާ ސީދާ ވަނީތޯއޭ މިހާރު،" ޔާމީން ސުވާލު އުފެއްދެވި އެވެ.

ޓްރާންސިޝަން ޕީރިއަޑުގައި ރައްޔިތުންނަށް އެ މަންޒަރު ރައީސް ނުދެއްކެވީ ކީއްވެގެންތޯ ޔާމީން ސުވާލު ކުރެއްވި އެވެ. މިހާރު ރާއްޖޭގައި ހިނގަމުންދާ އެއްވެސް ކަމެއްގައި ރައީސް ޒިންމާ ނުއުފުއްލަވާތީ ވެސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އޭގެ އިތުރުން، ބޭރުގެ ނުފޫޒު ރާއްޖެއަށް ވަންނަމުންދާ ކަމަށް ވިދާޅުވެ، އެކަމަށް ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.