މާލޭގައި ވެހިކަލް ދުއްވޭނެ ލިމިޓް ކަނޑައަޅަން އެސެސްމަންޓެއް، ބަޔަކު ހޯދަނީ

މާލެ ސިޓީ ކައުންސިލުން ބުނީ ސާވޭގެ މަސައްކަތަށް ޝައުގުވެރިވާ މީހުން ޖުލައި 19 ވަނަ ދުވަހު އަގު ހުށައެޅުމަށެވެ.

ވެހިކަލެއް ޓޯ ކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ

މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ސަވޭ ކުރުމާއި މިކަމާގުޅޭ ސްޓަޑީއެއް ހެދުމަށް ބޭނުންވާތީ އެސެސްމަންޓް ހަދާދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ސާވޭގެ މަސައްކަތަށް ޝައުގުވެރިވާ މީހުން ޖުލައި 19 ވަނަ ދުވަހު އަގު ހުށައެޅުމަށެވެ. 

ބިޑް ޕްރޮޕޯސަލް ހުށަހަޅަނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަންބަރު އެނގޭނެހެނެވެ.

މާލޭ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވަނީ މާލޭގައި ވެހިކަލް ދުއްވޭނެ ވަކި އަދަދެއް ކަނޑައަޅަން ނިންމާފައިވާ ކަމަަށާ ޓްރާންސްޕޯޓް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ކުރީން ވިދާޅުވެފަ އެވެ.  އާޒިމް ވިދާޅުވީ އެކަމާ ގުޅިގެން މިހާރު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއިއެކު މިހާރު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ހަ މަސް ތެރޭގައި އެ އަދަދު ކަނޑައެޅި އެކަން ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓްރީން ވެސް އެއްބާރުލުން ދޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި، ގަރާޖު ސިޓީގެ މައްސަލައަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މާލެ އޮއްޖެހިފައިވާއިރު ޕާކު ކުރާނެ ޖާގައެއް ނެތެވެ. އާޒިމް ވިދާޅުވީ ސަރުކާރާ ގުޅިގެން އެކަމަށް ހައްލު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ޕާކިން މައްސަލައަށް ހައްލު ލިބިއްޖެނަމަ ޓްރެފިކް މައްސަލަ ވެސް ފަސޭހައިން ހައްލު ވެގެން ދާނެ ކަމަށެވެ.

މާލޭގައި އެތައް ހާސް އުޅަނދެއް ގެންގުޅޭއިރު، ޓްރެފިކް އަދި ޕާކިންއަށް މިހާތަނަށް ހައްލެއް ހޯދިފައެއް ނުވެ އެވެ. ކައުންސިލް އަދި ސަރުކާރުތަކުން އެކަން ކުރަން ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްފައިވެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުގެ މަގާމުގައި ހުންނެވިއިރު ވެސް މަސައްކަތް ކުރެއްވި އެވެ. އެކަމަކު ކައުންސިލަށް އޭރުގެ އެމްޑީޕީ ސަރުކާރުން އެއްބާރުލުން ދީފައި ނުވާ ކަމަށް ތަކުރާރުކޮށް ދިޔައީ ވިދާޅުވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.