ބިދޭސީން ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓް އާ ކޮށްފި

ސައްހަ ހުއްދައެއް ނެތި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ނޯތު ހާބަރު ސަރަހަށްދަށް ގެނެވޭ ގިނަ މުދާ އަރުވާ ބޭލުމުގަ އާއި އެ ސަރަހަށްދަށް ގެނެވޭ މުދާ ދޫކުރުމުގެ ލިޔެ ކިޔުން ބެލެހެއްޓުމުގައި ވެސް ހަރަކާތްތެރިވަނީ ބިދޭސީންނެވެ. -- މިނޫސް

ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓް އާކޮށް އަލުން ގެޒެޓް ކޮށްފި އެވެ. 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު ވަނީ ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓް އާންމުކޮށްފަ އެވެ.

އެއީ؛

  •  ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)
  •  ހޯލްސޭލް ޓްރޭޑް - އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި
  •  ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް
  •  ޕޯސްޓަލް އަދި ކުރިއާ ސާވިސަސް
  •  ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް (ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީ ހިންގުން)
  •  ތަކެތި ކުއްޔަށްދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)
  •  އެމްޕްލޯއިމަންޓް އޭޖަންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޙިދުމަތްތައް
  •  ޓްރެވަލް އޭޖަންސީ، ޓުއާ އޮޕަރޭޓާސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް
  •  ލޭންޑްސްކޭޕިން މަސައްކަތް
  •  ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް
  •  ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން
  •  ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް
  •  ކޮމްޕިއުޓަރާ އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް
  •  ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ މަސައްކަތް
  •  ޤާނޫނީ ވަކީލުންގެ ހިދުމަތްތައް
  •  ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް
  •  ޕިކްނިކް އައިލެންޑް ތަރައްޤީކުރުމާއި ހިންގުން
  •  ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން
  •  ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން
  •  ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން
  •  ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން
  •  ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި)
  •  މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތް
  •  މައިނިންގ އޮފް ސޭންޑް
  •  ފޮރެސްޓްރީ

ސައްހަ ހުއްދައެއް ނެތި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ބިދޭސީންގެ މައްސަލަ އަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލަ އެކެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެވެ. އެކަމުގެ ނޭދެވޭ އަސަރު އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ދަނީ ކުރަމުންނެވެ. ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ.

ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ އެއްކޮށް ތިން އަހަރުތެރޭ ހައްލު ކުރާނެ ކަމަށް ބުނެފަ އެވެ. އެކަން ކުރަން ސަރުކާރުން ވަނީ ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގަން ފަަށާފަ އެވެ. އަދި ފިޔަވަޅު އަޅައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓްވެސް ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.