އިސްރާއާ އިސްލާމިކް މިނިސްޓްރީ ގުޅިގެން ފަލަސްތީނަށް ހާއްސަ ފޯރަމެއް މާދަމާ ރޭ ބާއްވަނީ

ޑރ. ސައްތާރު ވާހަކަފުޅު ދައްކަވަނީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމުގެ މައްޗަށެވެ. ޑރ. ހަންނާން ވާހަކަފުޅު ދައްކަވާނީ ފަލަސްތީނުގެ މިއަދުގެ ހާލަތުގެ މައްޗަށެވެ.

އިސްރާ އެސޯސިއޭޝަނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ފަލަސްތީނަށް ހާއްސަ ފޯރަމެއް މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

ފަލަަސްތީނުގެ މައްސަލައަށް ދިވެހީން ހޭލުންތެރި ކުރުވާ ފަލަސްތީނަށް އެހީތެރިކަން ހޯދުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ އިސްރާ އެސޯސިއޭޝަނުން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ބާއްވާ މި ފޯރަމް އޮންނާނީ މާދަމާ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ.

މާދަމާ ރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ ފޯރަމްގެ މައުލޫ އަކީ "ފަަލަސްތީނާއި އުންމަތުގެ އެއްބައިވަންތަކަން" މި މައުލޫ އެވެ. ފޯރަމް ގައި ތަގުރީރު ކުރައްވާނީ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން އާއި ޑރ. އަބްދުލްހަންނާން ވަހީދު އެވެ.

ޑރ. ސައްތާރު ވާހަކަފުޅު ދައްކަވަނީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމުގެ މައްޗަށެވެ. ޑރ. ހަންނާން ވާހަކަފުޅު ދައްކަވާނީ ފަލަސްތީނުގެ މިއަދުގެ ހާލަތުގެ މައްޗަށެވެ.

ޑރ. ހަންނާނަކީ ބޭރުގެ ހަބަރުތައް ދިރާސާ ކުރައްވާ ތަޖުރިބާކާރެކެވެ. ހާއްސަކޮށް އިސްލާމީ ގައުމުތަކާއި ގުޅުންހުރި ތަފާތު އެކި ކަންކަމާއި ގުޅުންހުރި މުހިންމު މައުލޫމާތު ޓީވީ ޕްރަގްރާމްތައް މެދުވެރިކޮށް ގެނެސްދެއްވަ އެވެ. ޑރ. ސައްތާރަކީ ވަރަށް މޮޅު ދީނީ އިލްމުވެރިއެކެވެ. ޑޮކްޓަރުގެ އިލްމީ ތަގުރީރުތަކަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިވެ އެވެ. 

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އުދުވާން އިތުރު ހަރުފަތަކަށް ގެންގޮސް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާތާ މަސްތަކެއް ފާއިތުވެއްޖެ އެވެ. އެކަމާއި ދެކޮޅަށް އެންމެ ހަރުއަޑުން އަޑުއުފުލާ އެއް ބަޔަކީ ދިވެހީންނެވެ. އިސްރާ އެސޯސިއޭޝަނުން ދާދި ފަހުން ވަނީ ފަލަސްތީނަށް ދިވެހީންގެ އޮތް ތާއީދު ހާމަކޮށް ސައިކަލު ބުރެއް ވެސް ބާއްވާފަ އެވެ. ފަލަސްތީނަށް އެހީތެރިވުމަށް ހިންގާ ހަރަކާތްތަކު ވެސް އެ ޖަމިއްޔާގެ ބައިވެރިވުން އޮވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.