މެންބަރުން އިތުރުވުން ހުއްޓުވާ ގަރާރު ބަލައިގަނެ ކޮމެޓީއަށް

މިއަދު ވޯޓުގަޑީގައި ތިއްބެވި 78 މެންބަރުންގެ ވޯޓުން މި ގަރާރު ފާސްކޮށް، އިތުރަށް ދިރާސާކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅި އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރައްޔިތުންގެ މަޖިލީސް އިންތިހާބެއްގައި މެންބަރުން އިތުރުވަމުން ދާތީ އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިފި އެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ ވޯތު ގަޑީގައި މަޖިލިސް ތަޅުމުގައި ތިއްބެވި 78 މެންބަރުންގެ އިއްތިފާގުންނެވެ. 

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ގަރާރު ހުށަހަޅުއްވަމުން ޝުޖާއު ވިދާޅުވީ، ފެހި ގާނޫނުއަސާސީ ވުޖޫދުވި ފަހުން ބޭއްވި ކޮންމެ މަޖިލީސް އިންތިހާބެއްގައި މެންބަރުން އިތުރުވާ ނިސްބަތަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު، ރާއްޖޭގެ މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން މަޖިލީސް މެންބަރުން އިތުރުވަމުން އައި މިންވަރު؛

  •  17 ވަނަ މަޖިލީސް - 77 މެންބަރުން
  •  18 ވަނަ މަޖިލީސް - 85 މެންބަރުން
  •  19 ވަނަ މަޖިލީސް - 87 މެންބަރުން
  •  20 ވަނަ މަޖިލީސް - 93 މެންބަރުން

މިއީ މަޖިލީހުން ހައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށާއި މިއީ ރައްޔިތުން ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޝުޖާއު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުރީގެ މަޖިލީސްތަކުން ވެސް މިކަމަށް ހައްލެއް ހޯދަން ގާނޫނަށް އިސްލާހު ހުށަހެޅި ނަމަވެސް މަޖިލީހުގެ ޖުމްލަ މެންބަރުން އެކަމާމެދު ދެކޭ ގޮތް ހާމަކޮށްފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާ މިނެއްގައި މެންބަރުން މިގަރާރަށް ބަހުސްކޮށް ގޮތެއް ނިންމަން އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.

"ރައްޔިތުންގެ މަޖިލީހަށް ކުރަން ޖެހޭ ހަރަދާއި، މަޖިލީހުގެ މަސައްކަތްތައް އިތުރުކުރަން ޖެހޭ ޖާގައަށް ބެލި ނަމަވެސް، ހުއްޓުމެއް ނެތި މަޖިލީސް މެންބަރުން އިތުރުވަމުން ދިޔަ ދިޔުމަށް ވޭތުވެދިޔަ މަޖިލީސްތަކުން އޮންނާން ވާނީ ހައްލެއް ގެނެސްފައިކަން ގިނަ ބަޔަކު ދެކޭ،" ގަރާރުގައި ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.