މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި ހުޅުމާލޭ ގައި ގާއިމުކޮށްފައި ވަނީ މާލެފެހި އައުޓްލެޓް ގައި ދެ ފެންވަޅު ބަހައްޓަން ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ހަަވާލު ކޮށްފައި ވަނީ ރެޕޮޑް އިންޖިނިއަރިން ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ ކުންފުންޏާއި މަސައްކަތް ހަވާލުކުރީ 58،320 ރުފިޔާ އަށެވެ. މި މަސައްކަތް 20 ދުވަސްތެރޭ ނިންމަން ޖެހެ އެވެ.
މާލެފެހި އަކީ ސިޓީ ކައުންސިލްގެ ނާސަރީ އެވެ. ކައުންސިލުން ދަނީ މާލެއާ ހުޅުމާލޭ ގައި ނާސަރީ ހިންގަމުންނެވެ. ކުރީގެ މޭޔަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި އެ މަސައްކަތުގެ ދަށުން ނާސަރީ ވަރަށް ބޮޑަށް ތަރައްގީ ކުރި އެވެ. އެ ތަނުގައި މާލެއާ ހުޅުމާލޭގެ ފެހި ކަމަށް ބޭނުން ކުރާނެ ގަސް ހައްދަ އެވެ. އަދި ބައެއް ގަހާއި ރުއް ވިއްކާ ވަރަށް ހައްދަ އެވެ.