ކޭބަލެއް ބުރިކޮށްލާ ވަގަށް ނެގުމުން މަޖީދިއްޔާ ސްކޫލުން ކަރަންޓު ކެނޑިއްޖެ

ސްޓެލްކޯ އިން ބުނީ ކޭބަލް ބުރިކޮށްލުމުގެ ސަބަބުން މަޖިލީދިއްޔާ ސްކޫލު ހިމެނޭހެން ހެންވޭރު އަބަދަށްފެހި މަގާއި މެދުޒިޔާރަތް މަގު އަދި ކަޅުހުރާ މަގާއި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

މަޖީދިއްޔާ ސުކޫލު: އެ ސަރަހައްދުގެ ކޭބަލެއް ބުރިކޮށްލާ ވަގަށް ގެންދިއުމުން ސްކޫލުން ވަނީ ކަރަންޓު ކެނޑިފައި -- ފޮޓޯ: ދެން

މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށްލައިގެން ވަގަށް ގެންދިއުމުގެ ސަބަބުން އެ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ ކޭބަލް ބުރިކޮށްލުމުގެ ސަބަބުން މަޖިލީދިއްޔާ ސްކޫލު ހިމެނޭހެން ހެންވޭރު އަބަދަށްފެހި މަގާއި މެދުޒިޔާރަތް މަގު އަދި ކަޅުހުރާ މަގާއި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

"އާ ކޭބަލެއް އަޅައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ބުންޏެވެ.

މި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 6:12 ހާއިރު މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ފަހަކަށް އައިސް ކޭބަލް ބުރިކޮށްލައިގެން ވަގަށް ނެގުން ވަނީ އާންމުވެފަ އެވެ. ދާދި ފަހުން މިގޮތަށް ވައްކަން ކުރަން އުޅުނު މީހަކު ވަނީ ކަރަންޓުގައި ޖެހިގެން މަރުވެފަ އެވެ. އެގޮތަށް ކޭބަލް ބުރިކޮށްލުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ ސްޓެލްކޯއިން ކުރިން ވެސް ވަނީ އިންޒާރު ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.