ދަ ބަކިންހަމް މާޑާސް: ކަރީނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު

ކަރީނާ ދެން ފެނިގެންދާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާ ރޯހިތު ޝެޓީގެ "ކޮޕް ޔުނިވާސް ސިންގަމް އަގެއިން" އިންނެވެ.

ކަރީނާ ކަޕޫރު

ކަރީނާ ކަޕޫރު ޚާން ލީޑް ރޯލުން ފެނިގެން ދާނެ ތްރިލާ ފިލްމު "ދަ ބަކިންހަމް މާޑާސް" ރިލީޒް ކުރާނެ ތާރީހެއް ކަނޑައަޅައިފި އެވެ. ފިލްމު ރިލީޒްކުރާ ތާރީހާއެކު ފިލްމުގެ ޕޯސްޓަރު ވެސް ޕްރޮޑިއުސަރުން ވަނީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ. 

ބަކިންހަމް މާޑާސް ސްކްރީނަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ތާބޫ އާއި ކްރިތީ ސެނަންއާއެކު "ކްރޫ" އިން އެންމެ ފަހުން ފެނުނު ކަރީނާ ކަޕޫރު ޚާން ޕްރޮޑިއުސަރެއްގެ ގޮތުގައި ތައާރަފު ވާނީ މި މާޑާ މިސްޓްރީ ފިލުމުން ނެވެ. ބާލާޖީ ޓެލެފިލްމްސް އާއި ޓީބީއެމް ފިލްމްސްގެ ބެނާގެ ދަށުން އެކްތާ ކަޕޫރާއި ޝޯބާ ކަޕޫރާއެކު ކަރީނާ ވަނީ މި ފިލްމު ކޯ ޕްރޮޑިއުސްކޮށްފަ އެވެ.

ބަކިންހަމް މާޑާސްގެ ކާސްޓުންގެ ތެރޭގައި އޭޝް ޓަންޑަން، ރަންވީރު ބްރާރް އަދި ކީތު އެލެން ހިމެނެ އެވެ. ހަންސަލް މެހެތާ ޑައިރެކްޓް ކޮށްފައިވާ ދަ ބަކިންހަމް މާޑާސްގެ ވޯލްޑް ޕްރިމިއާ ބާއްވާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި 67 ވަނަ ބީއެފްއައި ލަންޑަން ފިލްމް ފެސްޓިވަލްގަ އެވެ. މިއީ 2023 ވަނަ އަހަރުގެ މިއާމީ ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރި ފުރަތަމަ ފިލްމެވެ. މިއާމީ ފިލްމް ފެސްޓިވަލްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުން ވެސް ފިލްމު ޕްރިމިއާކުރި ފޮޓޯތައް ހިއްސާ ކޮށްފައިވެ އެވެ.

ކަރީނާ ދެން ފެނިގެންދާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާ ރޯހިތު ޝެޓީގެ "ކޮޕް ޔުނިވާސް ސިންގަމް އަގެއިން" އިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.