މައުމޫންގެ ލިޔުއްވުމެއް: 1446 ވަނަ އަހަރުގެ މުހައްރަމް މަހުގެ 1 ވަނަ ދުވަސް

އެކި އިސްލާމީ ޤައުމު ތަކުގައި މުޙައްރަމް 1 ކަމުގައި ބަލާނީ އެކި ދުވަސް ކަމުގައިވުން އެކަށީގެންވެއެވެ.

  •  މިއީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ލިޔުއްވަވާފައިވާ ލިޔުއްވުމެކެވެ.

ހިޖުރީ އާ މަހެއް ފެށެނީ، ހިނގަމުންދާ މަހުގެ 30 ދުވަސް ފުރިހަމަ ވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހުގެ 30 ވަނަ ރޭ އިރުއޮއްސުމަށްފަހު، ކިތަންމެ ކުޑައިރުކޮޅަކު ނަމަވެސް، އާ މަހުގެ ހަނދު ނޯއްސި ހުރުމުންނެވެ.

އިތުބާރު ހުރިފަލަކީ ހިސާބުން ދައްކާގޮތުގައި، 2024 ޖުލައި 5 ވަނަ ދުވަހުގެ (29 ޛުލްޙިއްޖާ 1445) އިރުއޮއްސުމުގެ ކުރިން ގިނަ އިސްލާމީ ޤައުމުތަކަށް ހަނދު އޮއްސޭނެއެވެ.

މިގޮތުން، އެދުވަހު މާލެއަށް އިރުއޮއްސެނީ ހަވީރު 6:21 ގައެވެ. ހަނދު އޮއްސެނީ 5:58 ގައެވެ. މައްކާއަށް އިރުއޮއްސެނީ 7:07 ގައެވެ. ހަނދު އޮއްސެނީ 6:59 ގައެވެ. މިސުރަށް އެދުވަހު އިރުއޮއްސެނީ 8:00 ގައެވެ. ހަނދު އޮއްސެނީ އޭގެ 1 މިނެޓު ކުރިން 7:59 ގައެވެ.

ވީމާ، މިއިން އެއްވެސް ތަނަކަށް ވިދިގެން އަންނަ ދުވަހަކީ (ޖުލައި މަހުގެ 6 ވަނަ ދުވަހަކީ) 1446 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަހަކަށް ނުވާނެއެވެ.

މިކަން އެހެން އޮތް ނަމަވެސް، ތުރުކީ ވިލާތުގެ އިސްތަންބޫލަށް ޖުލައި މަހުގެ 5 ވަނަ ދުވަހު ހަނދު އޮއްސެނީ، އިރުއޮއްސުމުގެ 9 މިނެޓު ފަހުންނެވެ. އަދި މޮރޮކޯގެ ރަބާޠަށްވެސް އެދުވަހު ހަނދު އޮއްސެނީ އިރުއޮއްސުމުގެ 8 މިނެޓު ފަހުންނެވެ. ވީމާ، މި ދެ ޤައުމަށް މުޙައްރަމް 1 ވާނީ ޖުލައި މަހުގެ 6 ވަނަ ދުވަހެވެ.

މިދެންނެވީ ފަލަކީ ހިސާބުން ދައްކާ ގޮތެވެ. އެހެންނަމަވެސް، އެކި އިސްލާމީ ޤައުމު ތަކުގައި މުޙައްރަމް 1 ކަމުގައި ބަލާނީ އެކި ދުވަސް ކަމުގައިވުން އެކަށީގެންވެއެވެ. ރާއްޖޭގެ ކަލަންޑަރުގައި 1446 ވަނަ އަހަރުގެ މުޙައްރަމް 1 ވާނެ ކަމަށް އޮންނަނީ، މި ޖުލައި މަހުގެ 7 ވަނަ ދުވަހެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.