ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ސޮއި ކޮށްފި

ސަމޯއާ އެގްރީމެންޓު ބިނާވެފައި އޮންނަ ހަ ދާއިރާއަކީ އުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ "ސަމޯއާ އެގްރީމަންޓް"ގައި ރާއްޖެއިން ސޮއިކޮށްފި އެވެ. 

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކިންގްޑަމް އޮފް ބެލްޖިއަމުގައި ހުންނަވާ ދިވެހި ސަފީރު ޤީލާ ޢަލީ އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުން، ރާއްޖޭގެ ގާނޫނު އަސާސީ އަށް ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ވެސް ވަނީ ހުށަހަޅާފައެވެ.

މި "ޕާޓްނާޝިޕް އެގްރީމަންޓް" އަކީ ދިވެހިރާއްޖޭން ޔޫރަޕިއަން ޔޫނިއަން އާއެކު ސޮއިކުރި މިފަދަ އެންމެ ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިގްތިސާދީ، ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އޯއޭސީޕީއެސް ގެ މެމްބަރު ޤައުމުތަކަށް އީޔޫގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމްތައް ދިވެހިރާއްޖެއަށް ލިބުމަށްވެސް މަގުފަހިވެގެންދާނެއެވެ

ސަމޯއާ އެގްރީމެންޓަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަން އާއި އޯއޭސީޕީއެސް އާ ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެއްބަސްވުމެކެވެ. މި މައިގަނޑު 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ. މި އެއްބަސްވުމަކީ އޯއޭސީޕީއެސް ގެ 79 ޤައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ގައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.

އޯއޭސީޕީއެސް އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ގައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.

ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ސޮއިކުރުމާ ގުޅޭ ގޮތުން މަޖިލީހަށް ރުހުން ހޯދުމަށް ހުށަހެޅުމުން، އިއްޔެ މަޖިލީހަށް ހާޒިރުވި 82 މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ފާސްކުރި އެވެ. މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުމަށް ނިންމީ ޖޫން 23ގައި ބޭއްވި ވަޒީރުންގެ ބައްދަލުވުމެއްގަ އެވެ.  ވަޒީރުންގެ މަޖިލީހަށް މި އެއްބަސްވުމުގައި ސޮއިކުރުމަށް ކަރުދާހެއް ހުށަހެޅީ ފޮރިން މިނިސްޓްރީންނެވެ.

މި އެގްރިމަންޓުގެ ސަބަބުން ރާއްޖެއިން ރަނގަޅު އަގެއްގައި މަހުގެ ބާވަތްތައް ބޭރުކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.