ޖަމީލުގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ޓްރާންސްޕޭރެންސީއިން ގޮވާލައިފި

ޓްރާންސްޕޭރެންސީގެ ބަޔާކުގައި، "ވާނުވާ" ބަންދުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ޖަލުގައި ނިޔާވި ޖަމީލް: ޖަމީލްގެ މަރުގެ މައްސަލައިގެ ތަހުގީގު އަވަސްކުރުމަށާއި، "ވާނުވާ" ބަންދުގެ މައްސަލަ ބެލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލާ --

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެއް ބަންދުކޮށްފައި ހުއްޓައި މިދިޔަ ހުކުރު ދުވަހު މަރުވި މުހައްމަދު ޖަމީލްގެ މަރުގެ މައްސަލައިގެ ތަހުގީގު އަވަސްކުރުމަށާއި، "ވާނުވާ" ބަންދުގެ މައްސަލަ ހައްލުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ގޮވާލައިފި އެވެ. 

ޓްރާންސްޕޭރެންސީއިން ނެރުނު ބަޔާނެއްގައި ބުނީ، ހުކުރު ދުވަހު މަރުވި ޖަމީލަކީ ނަފްސާނީ އެހީތެރިކަމާއި، ފަރުވާ ބޭނުންވާ ބޭނުންވާ މީހެއްކަން އެނގި ތިބެ ވެސް، އޭނާ ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. 

"...ޖަލުގައި ތިބި ފަރާތްތަކަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތާ ގުޅޭގޮތުން 2023 ވަނަ އަހަރުގައި ހިއުމަންރައިޓްސް ކޮމިޝަނުން ޖުމްލަ 231 ޝަކުވާ ހުށަހަޅާފައި ވެއެވެ. އެގޮތުން ބޭނުންވާ ބޭސް ލިބުން ދަތިވުމާއި، ފޮލޯއަޕް ލަސްވުމާއި ހާއްސަ ޑޮކްޓަރުންގެ ފަރުވާ ލަސްވުން ހިމެނެއެވެ" ޓްރާންސްޕޭރެންސީއިން ބުނެ އެވެ. 

ޓްރާންސްޕޭރެންސީއިން ވަނީ ޖަމީލުގެ މަރާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގުން އަވަސްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ގޮވާލާފަ އެވެ. 

ޖަވާބުދާރީވުމަށްޓަކައި ހާމަކަން ބޮޑުކޮށް ޖަލުތައް ހިންގުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ. 

"...ރާއްޖޭގެ ޖަލުތަކުގައި ހުރި ނިޒާމީ ގޮތުން ފުރިހަމަ ނުވާ ކަންތައްތަކާއި އުނި ކަންތައްތައް ދެނެގަނެވި އެފަދަ ކަންތައްތައް ހައްލުކުރުމަށް ދެމެހެއްޓެނިވި އިސްލާހީ ބަދަލުތައް ގެނެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް، ވަކިން ހާއްސަކޮށް އެންމެ ނާޒުކު ހާލަތުގައި ތިބޭ ފަރާތްތަކަށް އެފަރާތްތަކުގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމަށާއި ކަށަވަރު ކުރެވޭނެ ގޮތަކަށް އިސްލާހުތައް ގެންނަން ޖެހެ އެވެ." ޓްރާންސްޕޭރެންސީއިން ނެރުނު ބަޔާނުގައި ބުނެ އެވެ. 

ޓްރާންސްޕޭރެންސީއިން އެދޭކަމަށް ބުނި ބަދަލުތައް

  • 1.ޝަރީއަތުގެ ކުރިން ބަންދުކުރުމަކީ ހަމައެކަނި ހާއްސަ ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރާ ކަމެއްކަން ކަށަވަރުކުރުމާ އެކު، ބަންދުގެ ބަދަލުގައި އެޅިދާނެ ފިޔަވަޅުތައް ކަނޑައެޅުން
  • 2.ނަފްސާނީ ބަލިތަކާއި، މަސްތުވާތަކެތީގެ ސަބަބުން ޖެހޭ ބަލިތައް ހުންނަ މީހުން ޖަލުގައި ބަންދުކުރުން މަދުކުރުމާއި، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިދާނެ ކަންކަމުން ސަލާމަތްވުމަށް ސިއްހީ ދާއިރާއަށް އިންވެސްޓުކުރުން
  • 3.ޖަލުގައި ތިބޭ މީހުންނާ މެދު އަމަލުކުރާ ގޮތް މޮނިޓާކުރާ އޯވަސައިޓް މެކޭނިޒަމް ހަރުދަނާކޮށް މިހާރުން މިހާރަށް ރަނގަޅުކުރަން ޖެހޭ ކަންކަން ބަލައި އިސްލާހުކުރުން
  • 4.ޖަލުތަކާ ބެހޭ ނިޒާމު އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން ކަމާބެހޭ ހުރިހާ އިދާރާތަކެއްގައި ރީއިންޓަގްރޭޝަންގެ ހިދުމަތް ކްލައިންޓުންނަށް ލިބޭގޮތް ކަށަވަރުކުރުން
  • 5.ތަހުގީގު މަރުހަލާ އަވަސްކޮށް، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސެސްގެ ފަރާތުން ހޯދާ ހޯދުންތައް އާންމުކުރުން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.