ގަވަރުނަރު ޒިންމާ އަދާ ނުކުރައްވާ ކަމުގެ ތުހުމަތު

"މި ސަރުކާރު ވެރިކަމާ ހަވާލުވިތާ މިވީ ހަތް މަސް ދުވަސްތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ލަފަޔެއް ލިބިފައެއް ނުވޭ. އަދި މަޖިލީހަކަށް ވެސް ލިބިފައެއް ނުވޭ،" ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް: ގަވަރުނަރުގެ ޒިންމާ އަދާ ނުކުރައްވާ ކަމުގެ ތުހުމަތު ވަނީ ކުރައްވާފައި --

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު، އަލީ ހާޝިމް މަގާމުގެ ޒިންމާތައް އަދާ ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ތުހުމަތު ކުރައްވައިފި އެވެ.

މަޖިލީހަށް މިއަދު ހުށަހެޅި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ދައުލަތުން ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް، ދައުލަތަށް މަނިޓަރީ ޕޮލިސީ ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެން ނުވާ ކަމަށެވެ. 

އެބާރު ލިބިގެން ވަނީ އެމްއެމްއޭގެ ގަވަރުނަރަށްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

"މި ސަރުކާރު ވެރިކަމާ ހަވާލުވިތާ މިވީ ހަތް މަސް ދުވަސްތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ލަފަޔެއް ލިބިފައެއް ނުވޭ. އަދި މަޖިލީހަކަށް ވެސް ލިބިފައެއް ނުވޭ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ އެ ތުހުމަތުތައް ތަފްސީލު ކުރުމުގެ ފުރުސަތު ބަހުސްގެ ތެރެއިން ލިބިވަޑައިނުގަންނަވަ އެވެ. ވަގުތު ހަމަވުމާއެކު އޭނާގެ މައިކް ކަނޑާލުމުން މި މައުލޫގައި އިތުރަށް ވާހަކަ ދެއްކެވޭ ގޮތެއް ނުވެ އެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ދައުލަތުގެ މާލީ ސިޔާސަތު ކޮންޓްރޯލްކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ބައެއް އިދާރާތަކުން، ހާއްސަ ގޮތެއްގައި ކައުންސިލްތަކުން ބޭކާރު ހަރަދުތައް ކުރައްވަމުން ގެންދަވާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފަ އެވެ.

އެގޮތުން ޗުއްޓީތަކުގައި ބެންކޮކް، ތުރުކީ އަދި ދުބާއީ ފަދަ ގައުމުތަކަށް ދިއުމަށް ބޮޑެތި ހަރަދުތައް ކުރާކަން ފާހަގަކުރެއްވި އެވެ. ނާޒިމް ވިދާޅުވެފައި ވަނީ ހަރަދު ކުޑަކުރެވޭނީ ކައުންސިލްތަކުން ވެސް ދައުލަތުގެ ވިސްނުން ގެންގުޅެގެން ކަމަށެވެ.

މިއަދު ވާހަކަފުޅު ދައްކަވަމުން ގަވަރުނަރަށް ނާޒިމް ފާޑުވިދާޅުވެފައިވާއިރު، ހާޝިމަކީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަގާމަށް އައްޔަނު ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ސެޕްޓެމްބަރު 8، 2019ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.