ގދ. އަތޮޅު ކައުންސިލަރުން ބޭރު ދަތުރުތަކަށް 837,000ރ. ހަރަދުކޮށްފި

ވިދާޅުވީ، "އިގުތިސޯދު މިހާ ދަތިވެފައި އޮތް ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތަކުން ތުރުކީ އާއި ދުބާއީ އާއި ބެންކޮކަށް ދަތުރުކުރަމުންދާކަން ފާހަގަކުރަން," މިހެންނެވެ.

ގދ. އަތޮޅު ކައުންސިލަރުން: މިއަހަރު ތުރުކީއާއި ދުބާއީއަށް ދަތުރުކުރަން 837,000 ހަރަދުކޮށްފައިވާ ކަމަށް މަޖިލީހުގެ ނައިބް ރައީސް ވަނީ ވިދާޅުވެފައި --

ގދ. އަތޮޅު ކައުންސިލުން ތުރުކީ އަށާއި ދުބާއީ އަށް ދަތުރުކުރަން މިއަހަރުގެ ތެރޭގައި މިހާތަނަށް 837,000 ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ނައިބް ރައީސް އަހުމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހަށް މިއަދު ހުށަހެޅި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ދައުލަތުން ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް، ލޯކަލް ކައުންސިލްގެ ގޭނޫނުގެ ދަށުން ކައުންސިލްތަކަށް ލިބޭ ބާރުގެ ދަށުން ޒިންމާދާރުކަން ކުޑަކޮށް ހަރަދުތައް ކުރަމުންދާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ބްލޮކް ގްރާންޓްގެ ގޮތުގައި މިއަހަރު ސަރުކާރުން ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. ވިދާޅުވީ، "އިގުތިސޯދު މިހާ ދަތިވެފައި އޮތް ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތަކުން ތުރުކީ އާއި ދުބާއީ އާއި ބެންކޮކަށް ދަތުރުކުރަމުންދާކަން ފާހަގަކުރަން," މިހެންނެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް: ކައުންސިލްތަކުން ބޭރު ދަތުރުތަކަށް ބޮޑު ހަރަދު ކުރާތީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި --

"މިހިނގާ 2024 ވަނަ އަހަރުގެ ތެރޭގައި ގދ. އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީއަށް، 3 ދުވަހަށް ދުބާއީއަށް ދަތުރު ކުރުމަށް 837,078.96 ރުފިޔާ ހަރަދުކޮށްފައިވޭ. ޑޮލަރު ގަތީ ކަޅު ބާޒާރުން 17.65 އަށް. މީކީ ނޫން އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ. އަޅުގަނޑުމެން އެންމެ އެބަޖެހޭ ޒިންމާދާރުވާން،" ކަންބޮޑުވުން ފާޅުކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ޖުލައި 26 ބަންދުގައި، ހއ. އަތޮޅު ކައުންސިލުން ވެސް ބެންކޮކް ދަތުރެއް ރާވާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސްގެން ގައުމުގެ މާލީ ހާލަތު ރަގަޅު ކުރަން މަސައްކަތް ކުރާއިރު، ކައުންސިލުންތަކުގެ ވިސްނުން ދައުލަތުގެ ވިސްނުމަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ.

ގދ. އަތޮޅު ކައުންސިލްގެ ރައީސަކީ ހަސަން ފައިހަތު ގުދުރަތުالله އެވެ. އޭނާ އިންތިހާބުވީ ޕީޕީއެމް ޓިކެޓުގަ އެވެ. ނަމަވެސް މަޖިލީސް އިންތިހާބުގައި ވާދަކުރަން ޕާޓީން ވަނީ ވަކިވެފަ އެވެ. ފައިހަތުގެ އިތުރުން އެ ކައުންސިލުގައި ދެން ތިބެނީ އެމްޑީޕީގެ ހަތަރު މެންބަރުންނާއި ޕީއެންސީގެ ހަތަރު މެންބަރުންގެ އިތުރުނއ މިނިވަން މެންބަރެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.