ފުލުހުން މިއަދު ބުނީ އެ ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމަން ރޭ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އެކޯޓުން އޭނާ ހަތް ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.
އުމުރުން 32 އަހަރު ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ ގއ. ވިލިނގިލީ އަންހެނެއްގެ ބޮލުގައި ގަލަކުން ޖަހައި މާރާމާރީ ހިންގައި ޒަހަމް ކޮށްލުމުން އިއްޔެ ރޭ އެވެ.
ފުލުހުން މިއަދު ބުނީ އެ ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމަން ރޭ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އެކޯޓުން އޭނާ ހަތް ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައި ވަނީ 46 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ގއ. އަތޮޅުގެ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.
އަދި މައްސަލަ ފުލުހުން ގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.