އަމިއްލަ ބޭނުމަށް ގެންނަ ތަކެތިން ޑިއުޓީ މާފުވާ މިންވަރު 10،000ރ. އަށް މަތިކޮށްފި

މި ބަދަލާއެކު އަމިއްލައަށް އެތެރެކުރާ މުދަލުން ކުރިން ދިން ޑިއުޓީގެ އިނާޔަތް 6،000 އިން 10،000 އަށް މަތިވެގެންދާނެ އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ މައި އިމާރާތް

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މައާފުވާ މިންވަރު 6,000 ރުފިޔާ އިން 10,000 ރުފިޔާ އަށް މަތިކޮށްފި އެވެ. 

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން މާދަމަ އިން ފެށިގެން ގެނެސްފައިވާ މި ބަދަލާއެކު އަމިއްލަ ބޭނުންތަކަށް މުދާ އެތެރެކުރާ ގިނަ ފަރާތްތަކަށް ހިތްހަމަޖެހުމަށްވާނެ އެވެ. މި ބަދަލާއެކު ކަސްޓަމްސްއިން ވަނީ މި އިނާޔަތް ހޯދޭނެ އުސޫލުތަކެއް ވެސް އިއުލާނުކޮށްފަ އެވެ. 

އަމިއްލަ ބޭނުމަށް ގެންނަ ތަކެތިން ޑިއުޓީ މައާފުވާ އުސޫލު

  •  ޑިއުޓީ މައާފުކޮށްދެވޭތީ ކަސްޓަމްސް އިން ކަނޑައަޅާ އެފްއޯބީ އަގުން 10،000ރ. ގެ ތަކެތި
  •  އެފްއޯބީ އަގު 10،000ރ. އަށްވުރެ މަތިނަމަ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅަން ޖެހޭނެ
  •  ބިދޭސީން ގެންނަ ތަކެތި މި އިނާޔަތުގެ ދަށުން ދޫނުކުރެވޭނެ
  •  ޑޮކްޓަރުގެ ސިޓީއާއެކު ގެނެވޭ ބޭސް ގިނަވެގެން ހަ ދުވަހުގެ މުއްދަތުގެ ބޭހުން ޑިއުޓީއެއް ނުނަގާނެ
  •  ތަފާތު ޓްރެފިން ނަމްބަރުތަކުގައި ހުންނަ ކްރިއާ އަދި ޕޯސްޓް ޕާރުސަލް ކޮންމެ ޓްރެކިން ނަމްބަރަކީ ވަކި ޕާރުސަލެއް
  •  އެއް ކޮންސައިނީއެއްގެ ނަމުގައި ކްރިއާ ނުވަތަ ޕޯސްޓް ބޭގުގައި ތަފާތު ޓްރެކިން ނަމްބަރު ހުންނަ މުދާ މިހާލަތުގައި ބަލާނީ އެއް ޝިޕްމަންޓުގެ ގޮތުގަ

މިހާތަނަށް އަމަލު ކުރި ގޮތް - ކަސްޓަމްސް އިން މި ބަދަލު ގެނެސްފައިވާއިރު މިހާތަނަށް އަމަލު ކުރަމުން ގޮސްފައިވަނީ ރާއްޖެއިން ބޭރުގަ 6 މަސް ދުވަހާއި އެއް އަހަރާއި ދޭތެރޭ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތިން 9000 (ނުވަހާސް) ރުފިޔާގެ މިންވަރު ޑިއުޓީ މައާފުކޮށްދެ އެވެ. އަދި އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ދޭތެރޭ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތިން 11000 ރުފިޔާގެ މިންވަރަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގަ ތިން އަހަރަށް ވުރެ ގިނަ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތިން ޑިއުޓީ މައާފުކޮށްދެނީ 14000ރ ގެ މުދަލުންނެވެ. ރާއްޖެއިން ބޭރުގަ އެއް އަހަރަށް ވުރެ ގިނަ މުއްދަތަށް އުޅެފައި އަންނަ ފަރާތްތަކުން ގެންނަ ތަކެތީގެ ތެރެއިން އެފަރާތްތަކުން ރާއްޖެއިން ބޭރުގައި ބޭނުން ކޮންފަ ގެންނަ ތަކެތިން ޑިއުޓީ މައާފުކޮށްދެ އެވެ. އަދި އަމިއްލަ ކުދިކުދި ބޭނުމަށް ގެންނަ ތަކެތީގެ 6000 ރުފިޔާގެ މިންވަރަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.