ރާއްޖެ-ޗައިނާ އެއްބަސްވުންތައް ތަންފީޒު ކުރުމުގައި ކޮންމެ ދުވަހަކު ކުރިއެރުން ލިބޭ

އެކަމަނާ ވަނީ ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތުން ޗައިނާ-ރާއްޖޭގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒު ކުރެއްވުމުގައި ކޮންމެ ދުވަހަކު ކުރިއެރުން ލިބެމުންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާ ސަފީރު ވަންގް ލިޒިން އަދި މިނިސްޓަރު ސައީދު ބައްދަލު ކުރެއްވުން

ޗައިނާ-ރާއްޖޭގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒު ކުރެއްވުމުގައި ކޮންމެ ދުވަހަކު ކުރިއެރުން ލިބެމުންދާ ކަމަށް ޗައިނާ ސަފީރު ވަންގް ލިޒިން ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ "ސަމާ ޑާވޯސް ފޯރަމް" ގެ ގޮތުގައި މަޝްހޫރު ކޮށްފައި އޮންން ވޯލްޑް އެކޮނޮމިކް ފޯރަމްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން މިނިސްޓަރު ސައީދާ މިއަދު ބައްދަލު ކުރައްވާ ކުރެއްވި ޕޯސްޓެއް ގަ އެވެ.

އެކަމަނާ ވަނީ ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތުން ޗައިނާ-ރާއްޖޭގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒު ކުރެއްވުމުގައި ކޮންމެ ދުވަހަކު ކުރިއެރުން ލިބެމުންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާ ސަފީރު ވަންގް ލިޒިން އަދި މިނިސްޓަރު ސައީދު ބައްދަލު ކުރެއްވުން

ޗައިނާ ދަތުރުފުޅާ ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާ-ރާއްޖޭގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒު ކުރެއްވުމަށް އެ ގައުމުން ދެއްވާ އަހަންމިއްޔަތުކަން ފެނިވަޑައިގެންނެވި ކަމަށެވެ.

މިނިސްޓަރު ވަނީ އިގްތިސޯދު ކުރި އަރުވައިދީ ތަރައްގީކޮށް ދިނުމުގައި ގައުމެއްގެ ސައިޒަށް ޗައިނާއިން ނުބަލާ ކަމަށާއި ދިވެހިރާއްޖެ އާއި ޗައިނާ ދެމެދު އޮތީ ތަރައްގީކޮށް ދިނުމުގެ ސާބިތު ގުޅުމެއް ކަމަށް ވިދާޅުވެފަ އެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް އަދިވެސް އޮތީ ޗައިނާ އިން ކަން ފާހަގަ ކުރައްވާ ޗައިނާގެ އިތުރު ސިޓީތަކުން ރާއްޖެއިން ސީދާ ދަތުރުތައް ހުޅުވާލައި ވިޔަފާރި ފުޅާ ކޮށްފައިވާ ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.

ރައީސް މުއިއްޒު އެންމެ ފުރަތަމަ ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ޗައިނާ ދަތުރުފުޅެވެ. އެ ދަތުރުފުޅުގައި ދެ ގައުމު ގުޅިގެން ގިނަ ކަންތައްތަކެއް ކުރުމަށް ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.