އައިޔޫއެމްގައި ރާއްޖޭގައި ކިޔައި ނުދޭ ނަމަވެސް ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކޮންމެހެން ބޭނުން އެތައް ކޯހެއް ހިންގަ އެވެ.
ރަށުގައި ތިބެގެން ކިޔަވަން ބޭނުންނަމަ ގިނަ ބަޔަކު ހިޔާރު ކުރާނީ އެގޮތެވެ. ސަބަބަކީ އޮންލައިން މޮޑިއުލްގެ ކޯސްތައް މި ވަގުތު ދުނިޔޭގައި މަގުބޫލު ވެގެން ގޮސްފައިވުމެވެ. މިގޮތުން ރާއްޖޭގައި އެންމެ ފުރިހަމަކޮށް އޮންލައި ކޯސްތައް ހިންގާ އެއް ތަނަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ. އައިޔޫއެމް އިން ހިންގާ ކޯސްތަކަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެން ވެސް ފަސޭހަކަމާއެކު ކިޔައިލެވޭނެ ކޯސްތަކެކެވެ. އަދި އައިޔޫއެމްގައި ރާއްޖޭގެ އެއްވެސް ޔުނިވާސިޓީ ކޮލެޖެއްގައި ކިޔަވައި ނުދޭ އެތައް ކޯހެއް ކުރިއަށް ގެންދެ އެވެ.
އައިޔޫއެމްގެ ކޯސްތަކަށް މި ވަގުތު ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އައިޔޫއެމް އޮގަސްޓް އިންޓޭކް އަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަހުމަދު އަމީން މުހައްމަދު ވިދާޅުވި ގޮތުގައި އައިޔޫއެމްގެ މުޅި މޮޑެލް ވެސް ހުންނާނީ އިސްލާމީވަންތަ ތައުލީމީ މުޖުތަމައެއް ގާއިމް ކުރެވޭނެ ގޮތަށް ފަރުމާކޮށްފަ އެވެ. އަދި އައިޔޫއެމްގައި ހިންގާ ލޯކަލް ގަވަރުމަންޓް ކޯހަކީ ރާއްޖޭގައި އަލަށް ހިންގާ ކޯހެއް ކަމަށް އަމީން ވިދާޅުވި އެވެ.
"މި ކޯސް [ލޯކަލް ގަވަރުމަންޓް ] ކޯސް މި އޮންނަނީ ކައުންސިލްތަކަށް ޓާގެޓްކޮށްފަ. މޮޑިއުލްތަކުގައި ވެސް ހުންނާނެ ސީދާ ކައުންސިލް ތަކުން ކުރާ މަސައްކަތްތަކަށް ހާއްސަކޮށްފަ. އެކައުންޓިން އާއި ބަޖެޓިން އަދި ޕްރޮކިއުމަންޓް ފަދަ މަސައްކަތް ކުރާނެ ގޮތް ހިމެނޭނެ. އެޑްމިނިސްޓްރޭޝަން އަދި އެކައުންޓިން ވެސް ހުންނާނެ،" އަމީން ވިދާޅުވި އެވެ.
އައިޔޫއެމްގެ ގިނަ ކޯސްތަކަކީ މިހާރު ވެސް އޮންލައިންކޮށް ކިޔައިވައިދޭ ކޯސްތަކެވެ. މިއީ ރަށްރަށުގައި ތިބެގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. ގިނަ ކޯސްތައް ހުންނާނީ ބްލެންޑެޑް ކޮށެވެ. މިއީ އޮންލައިންކޮށް ބައެއް ނިންމުމަށްފަހު ފިޒިކަލްކޮށް ކްލާހަށް އައިސް ކިޔަވާ މޮޑެލް އެވެ. މި މޮޑެލްގައި ކިޔަވަން ވެސް އައިޔޫއެމްއިން ވަނީ ފަސޭހަ އިންތިޒާމުތަކެއް ރާވައިދީފަ އެވެ. މިގޮތުން ރަށުގައި ކިޔަވާ ދަރިވަރު ފިޒިކަލީ ކްލާހަށް އަންނަން ޖެހޭނީ ސެމިސްޓާއެއްގައި އެއް ހަފުތާގަ އެވެ. މިއީ އެހެން ބައެއް ކޮލެޖުތަކާ އަޅާބަލާއިރު ބޮޑު ލުޔެކެވެ. މުޅި ހަފުތާގައި ފުލްކޮށް ކްލާސް އޮންނާނެ އެވެ. މިއީ ކިޔަވާ ކުދިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
އައިޔޫއެމްގައި ކުލިއްޔާ އޮފް އެޑިއުކޭޝަން އާއި ކުލިއްޔާ އޮފް އިކޮނޮމިކް އެންޑް މެނޭޖުމަންޓުވެސް އޮވެ އެވެ. އެހެންވެ މިއީ ކުރިން މި ޔުނިވާސިޓީއާމެދު ގިނަ ބަޔަކު ހީކުރި ކޮންސެޕްޓާ މުޅިން ތަފާތު ކޮންސެޕްޓެވެ. މިހާރު އައިޔޫއެމްއަކީ ރާއްޖެއަށް އެންމެ މުހިންމު އެއް ތައުލީމީ ބިނާ އެވެ.
މި ފަސޭހައާއެކު އައިޔޫއެމްގެ ލާނިން ސެންޓަރުތައް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހުޅުވާފައިވެ އެވެ. މި ސެންޓަރުތަކުގައި ކިޔަވައިދިނުމަށް ތިބޭނި އައިޔޫއެމްގެ މުވައްޒަފުންނެވެ. މިއީ ރަށާ އެންމެ ކައިރީގައި ހުރި އައިޔޫއެމްގެ ގޮތްޕަކަށް ގޮސް ކިޔަވަން ލިބޭނެ ބޮޑު ލުޔަކަށް ވާނެ އެވެ.
އައިޔޫއެމްއަކީ ރާއްޖޭގެ ގިނަ ނޫސްވެރިން ތަކެއް މާސްޓާސް ފެންވަރަށް ކިޔައިދިން ޔުނިވާސީޓީ އެކެވެ. ނޫސްވެރިންގެ ތެރޭގައި ތިބި މާސްޓާސް ހެދި ހުރިހާ ނޫސްވެރިންނަކީ ވެސް މި ޔުނިވާސިޓީގެ ދަރިވަރުންނެވެ. އަދި ޓީޗިންގެ ކޯސްތައް ހިމެނެ އެވެ. މިގޮތުން މާސްޓާ އޮފް ޓީޗިން ލާނިން ކޯހަކީ އަހަރު ދުވަހުން ފުރިހަމަ ކުރެވޭނެ ކޯހެކެވެ. މި ކޯހަކީ ވެސް އޮންލައިކޮށް ކިޔެވޭނެ ކޯހެކެވެ. އަރަބި ބަހާއި ގުރުއާނަށް ހާއްސަ ކުލިއްޔާއެއް ހިމެނެ އެވެ. އަދި އިސްލާމިކް ބޭންކް އާއި އިސްލާމިކް ފައިނޭންސް ކޯސްތައް ހިންގަ އެވެ. މިއީ އައިޔޫއެމްއަށް ހާއްސަ ކޯސްތަކެކެވެ.