ކޮންގްރެސްގެ އެމްޕީންނަށް މުލިއާގެއިން ފައިސާ ދޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި

"ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000ރ. ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް،" ހީނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު: ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެންބަރުންނަށް މުލިއާގެއިން ފައިސާ ދޭ ވާހަކަ ވަނީ ދޮގު ކުރައްވާފައި --

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުލިއާގެއިން މަހަކު 50،000 ރުފިޔާ ދޭ ކަމަށް ދެކެވެމުންދާ ވަހަކަތައް ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ދޮގު ކުރައްވައިފި އެވެ.

ޕީއެންސީގެ މަޖިލީސް މެންބަރުންނަށް މުލިއާގެއިން މަހަކު 50،000 ރުފިޔާ ދޭ ކަމަށް ތުހުމަތު ކުރައްވާ ވާހަކަ ދެއްކެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވެފައި ވަނީ މެންބަރުން އަމަލު ކުރަމުން ދަނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާ ގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތައް ބައެއް ނޫސްތަކުގައި ރިޕޯޓު ކުރުމުން ހީނާ މިއަދު ވަނީ އެކަން ދޮގު ކުރައްވައި އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

"ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000ރ. ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް،" ހީނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވެފައި ވަނީ މެންބަރުންނަށް އެ މެންބަރުން ބޭނުންވާ ގޮތަކަށް ވާހަކަ ދެއްކުމުގެ މިނިވަން ކަމެއް ވެސް ނެތް ކަމަށެވެ. އެ މެންބަރުންގެ ހުރިހާ މަސައްކަތެއް ކޮންޓްރޯލް ކުރަނީ މުލިއާގެއިން ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ. ފައްޔާޒުގެ އިތުރުން އިދިކޮޅު މަޖިލީސް މެންބަރުން ވެސް ވަނީ އެ ތުހުމަތުތައް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.