ހީނާ ޚާން ކެންސަރު ބައްޔަށް ފަރުވާ ކުރަނީ

ހީނާގެ ބަލީގެ ހަބަރާއިއެކު އޭނާގެ އެކުވެރިންނާއި ޓީވީ ތަރިން ދަނީ ހީނާއަށް އަވަސް ޝިފާއަކަށް އެދި މެސެޖް ކުރަމުންނެވެ.

ޓީވީ ސިލްސިލާތަކުން މަޝްހޫރުވި ހީނާ ހާން: އޭނާ ގެންދަނީ ކެންސަރަސް ފަރުވާ ހޯދަމުން

އިންޑިއާގެ ޓީވީ ސިލްސިލާތަކުން މީހުންގެ ލޯތްބާއި ތާއީދު ހޯދާފައިވާ ހީނާ ހާނަށް އުރަމަތީ ކެންސަރު ޖެހި ސްޓޭޖް ތިނަކަށް ފަރުވާ ހޯދަމުން ދާކަމަށް އޭނާ ބުނެފި އެވެ. 

ހީނާ، 36 މިހެން ބުނެފައިވަނީ ހުކުރު ދުވަހު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ދިގު ޕޯސްޓެއްގަ އެވެ. ބަލިން އަރައިގަތުމަށް ކުރަންޖެހޭ ފަރުވާ ކުރުމުގައި ހިތްވަރާއެކު ކުރިމަތިލާނެ ކަމަށް ހީނާ ވަނީ ބުނެފަ އެވެ.

ހީނާ އިތުރަށް ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި މިހާރު ކެންސަރަށް ފަރުވާ ފަށާފައިވާއިރު ފަރުވާ އަށް ބޭނުންވާ ހުރިހާ ކަމަކާއި ކުރިމަތިލުމަށް ތައްޔާރަށް ހުރި ކަމަށެވެ.

ހީނާގެ ބަލީގެ ހަބަރާއިއެކު އޭނާގެ އެކުވެރިންނާއި ޓީވީ ތަރިން ދަނީ ހީނާއަށް އަވަސް ޝިފާއަކަށް އެދި މެސެޖް ކުރަމުންނެވެ. އެގޮތުން ބޮލީވުޑްގެ ބަތަލާ އަދި ކެންސަރު ސަވައިވާ މަހީމާ ޗައުދުރީ ވެސް ވެސް ވަނީ ހީނާއަށް ހިތްވަރުދީ މެސެޖް ފޮނުވާފަ އެވެ. މަހީމާ ވަނީ 2022 ގައި އުރަމަތީ ކެންސަރަށް ފަރުވާ ހޯދާފަ އެވެ.

ހީނާ ބޮޑަށް މަޝްހޫރުވެފައި ވަނީ ސްޓާޕްލަސް އިން ދެއްކި "ޔޭރިޝްތާ ކިޔާ ކެހެލާތާ" އިންނެވެ. އަދި ރިއަލިޓީ ޝޯ "ކަތުރޯކީ ކިލާޅީ"  ސީޒަން 8 އަދި "ބިގްބޮސް" ސީޒަން 11 އިންވެސް ފެނިފައި ވެއެވެ. ހިނާ ވަނީ ބައެއް ފިލްމްތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.