ރަސްމީ ފާލަން މަރާމާތު ކުރަނީ ނުރައްކާތެރި ހާލަތަކަށް ދިއުން

ވިދާޅުވީ ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓް ރިސޯޓްތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ބޭނުން ކުރާ ފާލަމެއް ކަމުން މި ފާލަން ރަނގަޅު ފެންވަރަަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.

މާލޭ ރަސްމީ ފާލަން؛ މަރާމާތެއް ކުރުމަށް މި ފާލަން ހިމެނޭ ސަރަހައްދު އެއްކޮށް ބަންދުކޮށްފައިވޭ -- ފޮޓޯ: ދަ މިރާ

މާލޭ ރަސްމީ ފާލަން މަރާމާތު ކުރަން ނިންމީ ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ދިއުމުން ކަމަށް ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެއަށް އޮތް އިގްތިސާދީ ދަތިކަމާ އެކު މިވަގުތު ރަސްމީ ފާލަން މަރާމާތު ކުރުމާމެދު ސުވާލު އުފައްދާ ވާދަވެރީން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

މިނިސްޓަރު ވިދާޅުވީ ރަސްމީ ފާލަން މަރާމާތުނުކޮށް އެތައް އަހަރެއްވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ދިއުމާއި ގުޅިގެން ފާލަމުގެ އެބައި އަލުން ހެދުމަށް ނިންމާ އެމްޓީސީސީއާ އެކު އެއްބަސްވުމެއް ގައި ސޮއިކޮށްފައި ވަނީ އޮގަސްޓް 14، 2023 ގައި ކުރީގެ ސަރުކާރުގައި ކަމަށެވެ.

އަދި ވިދާޅުވީ ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓް ރިސޯޓްތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ބޭނުން ކުރާ ފާލަމެއް ކަމުން މި ފާލަން ރަނގަޅު ފެންވަރަަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. 

ބޮޑު މަރާމާތެއް ކުރުމަށް މާލޭ ރަސްމީ ފާލަން، "އިއްޒުއްދީން ފާލަން" ހިމެނޭ ސަރަހައްދު ބަންދު ކުރީ މެއި މަހުގެ ފުރަތަމަ ހަފްތާގަ އެވެ.

މާލޭ އިއްޒުއްދީން ފާލަމަކީ 2015 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރިޔާ ދޯންޏެއް ސިފަވާނޭހެން ފަރުމާކޮށް ގާއިމްކޮށްފައިވާ ފާލަމެކެވެ. ރައީސުލްޖުމްހޫރިއްޔާ އެކި ކަނޑުދަތުރުފުޅުތަކަށް ވަޑައިގަތުމަށާއި، ރާއްޖެއަށް އަންނަ އިއްޒަތްތެރީން އާންމުކޮށް ބޭނުންކުރަމުން އަންނަނީ އެއް ނަންބަރު ފާލަމެވެ.

އިއްޒުއްދީން ފާލަމުގެ ތިރީގައި ހުންނަ ލަކުޑި ބައި ކޮންމެ ހާއްސަ ދުވަހަކާ ދިމާކޮށް މަރާމާތުކޮށް، ވަރުނީސްލައި އާބާތުރަ ފިލުވި ނަމަވެސް، މަތީގައި ރިޔާ ނަގާފައިވާ ދަގަނޑު ސްޓްރަކްޗާ ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހައި ވީރާނާވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.