ކުދިންނަށް ފޯނު ދިނުމާއި ދެކޮޅަށް ބެލެނިވެރިންތަކެއްގެ ތަފާތު މަސައްކަތެއް

މިފަދަ ގުރޫޕްތަކުގައި ބެލެނިވެރިންގެ އިތުރުން ޕޮލިހާއި ސިއްހީ އެކި ދާއިރާތަކުގެ ތަޖުރިބާ ކާރުން ބައިވެރިވެ އެމީހުންގެ ދާއިރާތަކުން މިކަމާއި ގުޅުންހުރި މައުލޫމާތު ހިއްސާކޮށް ބެލެނިވެރިން ހޭލުންތެރިކުރުމަށް އެހީތެރިވަމުން ދެއެވެ.

މި ޒަމާނުގައި ގިނަފަހަރު ދަރިންނަށް ހަތް އަހަރު ނުވަތަ 11 އަހަރު ނުފުރެނީސް ސްމާޓްފޯން ދީފައި އޮންނަތަން ފެނެއެވެ. މިގޮތަށް ކުދިން ބޭނުން ގޮތަކަށް ބޭނުން ކުރުމަށް ޅަ އުމުރުގައި ފޯނާއި ޑިވައިސްތައް ދިނުމަކީ އޭގެ ސަބަބުން އެކުދިންގެ ވިސްނުމާއި ކިޔެވުމާއި ހެދި ބޮޑުވުމަށް އެތައް ނޭދެވޭ އަސަރެއް ކުރާ ކަމެކެވެ.

ކުދިން ސްމާޓް ފޯނެއް ހޯދައި ދިނުމަށް ބެލެނިވެރިން ގާތު އެދުމުން އެކަމަށް ދެކޮޅު ހަދައިފި ނަމަ، އާއްމުކޮށް ބުނާ އެއްޗެއް އޮވެއެވެ. އެހެން ހުރިހާ ކުދިން އަތުގައި ވެސް ފޯނު އޮވެއެވެ.

ކުދިން ޅަ އުމުރުގައި ސްމާޓްފޯނު ބޭނުން ކުރުމާއި ދެކޮޅަށް ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ބެލެނިވެރިންތަކެއް މިވަނީ ތަފާތު މަސައްކަތްތަކެއް ފަށާފަ އެވެ. މި ބެލެނިވެރިން ބުނަނީ ހުރިހާ ކުދިން ފޯނު ބޭނުން ކުރާތީ ފޯނު ބޭނުން ވެގެން އުޅުން ހުއްޓުވުމަށް، އެއްވެސް ކުއްޖެއް ފޯނު ނުގެން ގުޅޭ ގޮތަށް ހަދަނީ ކަމަށެވެ. ސްޕެއިނާއި އިނގެރޭސިވިލާތް އަދި އަޔަލޭންޑް ފަދަ އެކި ގައުމު ތަކުގެ ބެލެނިވެރިން ވަޓްސް އެޕާއި ޓެލެގްރާމްގައި ގްރޫޕް ހަދައިގެން ކުދިންނަށް ފޯނު ނުދިނުމަށް ބެލެނިވެރިންނަށް ހިތްވަރުދީ ކެންޕޭން ކުރަމުން ދެއެވެ.

ބާސަލޯނާގެ އެލިސަބަތު ގާސިއާ ބުނި ގޮތުގައި އޭނާއަށް މި ހިޔާލު އައީ އެހެން ބެލެނިވެރިއެއްގެ ފަރާތުންނެވެ. އެ ދުވަހުން ފެށިގެން ޗެޓް ގުރޫޕެއް ހަދައިގެން ބެލެނިވެރިންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ކުދިންނަށް ފޯނު ނުދިނުމަށް ބާރު އަޅަމުން ގެންދެ އެވެ. އަދި މިހާރު ގްރޫޕުގައި 10000 އަށް ވުރެ ގިނަ ބެލެނިވެރިން ތިބޭ ކަމަށް އޭނާ ބުންޏެވެ. 

އޭނާ ބުނިގޮތުގައި އޭނާ ހީކުރީ އެ މަސައްކަތް ފެށިއިރު އޭނައާއި އެއް ހިޔާލެއްގެ މިކަމަށް އެއްބަސްވާ ހަތަރު ވަރަކަށް އާއިލާ ލިބިދާނެ އެވެ. ނަމަވެސް މިކަމަށް ތާއީދުކުރާ އެތައް ހާސް ބެލެނިވެރިން ފެނުމުން ވަރަށް އުފާވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އަދި އެ ހުރިހާ ބެލެނިވެރިންނަކީ ވެސް ދަރިންނަށް ފޯނު ނުދޭނެ މީހުން ކަމަށް ވުމުން ފޯނު ގެންގުޅޭ ކުދިން މަދުކުރެވެމުން ދާނެކަމަށެވެ.

މިފަދަ ގުރޫޕްތަކުގައި ބެލެނިވެރިންގެ އިތުރުން ޕޮލިހާއި ސިއްހީ އެކި ދާއިރާތަކުގެ ތަޖުރިބާ ކާރުން ބައިވެރިވެ އެމީހުންގެ ދާއިރާތަކުން މިކަމާއި ގުޅުންހުރި މައުލޫމާތު ހިއްސާކޮށް ބެލެނިވެރިން ހޭލުންތެރިކުރުމަށް އެހީތެރިވަމުން ދެއެވެ. މި ގްރޫޕް ތަކުގައި ތިބޭ ބެލެނިވެރިންގެ ޓާގެޓަކީ އިތުރު ބެލެނިވެރިން މިކަމުގައި ބައިވެރިކޮށް ކުދިން ފޯނު ގެންގުޅުމަކީ ޖެހިލުންވާވަރުގެ މަދުކަމެއް ކަމުގައި ހެދުމެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ގިނަ ވަގުތު ކުޑަކުދިންނާއި ބޮޑެތި މީހުން އަދި އާއިލާތައް އެއްކޮން ގޭގައި ބަންދުވެފައި ތިބި ދުވަސްވަރު ސްމާޓް ފޯނާއި އެކި އިންޓަނެޓް ލިބޭ ވަސީލަތްތަކަށް ހުސްވެ ވަގުތު ހޭދަކުރަން ޖެހުމުގެ ނަތީޖާއަކީ ވަރަށް ގިނަ ކުދިން މި ޑިވައިސްތަކަށް ދެވިހިފައި ކިޔެވުމާއި ހަރަކާތްތެރިވުން މަދުވެ ނަފްސާނީ ދުޅަހެޔޮކަމަށް އެތައް އަސަރުތަކެއް ކުރުމެވެ.

ދެން އޮތް ސުވާލަކީ ކުދިން ފޯނު ބޭނުންކުރުން މަދުކުރުމުން ބެލެނިވެރިން ފޯނުން އަތް ދޫކޮށްލައި އެކުދިންނާއި އެކު ހޭދަކުރާނެ ވަގުތު ދެވޭނެ ތޯއެވެ؟ މީ ވިސްނާލަންޖެހޭ ބޮޑު މައްސަލައެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.